ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ އަމަލުތަކަކީ ކުރީގެ ރައީސް އަބްދުالله ޔާމީނުގެ ސިޔާސަތުކަމަށް ނުވާނެތޯއޭ ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް، މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒާ ވަރުގަދަ ސުވާލެއް ކުރަށްވައިފިއެވެ.
ޑރ. އިޔާޒް މިފަދަ ސުވާލެއް މާލޭގެ މޭޔަރާއި ކުރަށްވާފައި މިވަނީ، ރައީސް ޔާމިންގެ ސަރުކާރުގައި މިނިސްޓަރުން އަމިއްލަ ސިޔާސަތު ނުގެންގުޅޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޑރ. މުއިއްޒު ވިދާޅުވީ މިނިސްޓަރުންނަކީ އަމިއްލަ ސިޔާސަތު ގެންގުޅޭ ބައެއް ނޫން ކަމަށާއި އެމީހުން ތަންފީޒު ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތާޢީދު ކުރަށްވާ ޑރ. އިޔާޒް ވިދާޅުވީ މުއިއްޒުގެ ވާހަކަތަކަކީ ޙަޤީޤަތް ކަމަށް ވާނަމަ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ކުރެއްވި ކަމަށްބުނާ ވައްކަންތަކަކީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ރައީސް ޔާމީންގެ ސިޔާސަތުކަމަށް ވެދާނެ ކަމަށެވެ.
މިނިސްޓަރުން ގެންގުޅޭނީ ރައީސްގެ ސިޔާސަތު ކަމަށް މާލޭގެ މޭޔަރުގެ މަޤާމުގައި މިހާރު ހުންނެވި މުއިއްޒު ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ގެންގުޅުއްވަނީ މުޞްޠަފާ ކަމާލް އަތާތުރްކުގެ ސިޔާސަތު ކަމަށް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެފައިވާތީއެވެ.
ޢަރަބިއްޔާ ސްކޫލްގެ މައްސަލާގައި އެސްކޫލްގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް ޞާލިޙަށް ޙިއްސާކޮށްފައިވާއިރު ރައީސް ޞާލިޙްވަނީ އެކަމުގައި ބެލެނިވެރިން ހިތްހަމަޖެހޭފަދަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Ehen v ma Adheeb Tourism minister akah huregenna VP akah huregeb kuri kamah bunaa vakkan thah eii eyru RAees akh hunnevey yameen ge siyaasath thaa dho?
— Dr.Mohamed Iyaz (@dr_iyaz) December 19, 2021
މިނިސްޓަރުން ގެންގުޅޭނީ ރައީސްގެ ސިޔާސަތު ކަމަށް މާލޭގެ މޭޔަރުގެ މަޤާމުގައި މިހާރު ހުންނެވި މުއިއްޒު ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ގެންގުޅުއްވަނީ މުޞްޠަފާ ކަމާލް އަތާތުރްކުގެ ސިޔާސަތު ކަމަށް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެފައިވާތީއެވެ.
ޢަރަބިއްޔާ ސްކޫލްގެ މައްސަލާގައި އެސްކޫލްގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް ޞާލިޙަށް ޙިއްސާކޮށްފައިވާއިރު ރައީސް ޞާލިޙްވަނީ އެކަމުގައި ބެލެނިވެރިން ހިތްހަމަޖެހޭފަދަ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު