އަހުމަދު ޝާހް   21 ޑިސެމްބަރު 2021 - 16:3
ތ. ވިލުފުށި - އެ ރަށުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ސަރުކާރުންވަނީ އިޢުލާނުކޮށްފައި
ތ. ވިލުފުށި - އެ ރަށުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ސަރުކާރުންވަނީ އިޢުލާނުކޮށްފައި
ސަރުުކާރުން 6 ޑޮމެސްޓިކް އެއަރޕޯޓް އަޅަން އިޢުލާނުކޮށްފިއެވެ.

ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. މި މޮޑެލްގެ ދަށުން އެއާޕޯޓް އެޅުމުގެ އިތުރުން އެއަރޕޯޓް އެޅުމަށް ފައިނޭންސްވެސް ކުރެވޭނެއެވެ.

އެގޮތުން އެއާޕޯޓް އެޅުމަށް އިޢުލާނު ކޮށްފައިވާ ރަށްތަކަކީ ހދ. މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ށ. ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ބ. ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ތ. ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު، ފ. މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ތަރައްޤީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުން ކަމަށެވެ. އެގޮތުން އިތުރު 5 އެއަރޕޯޓެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު