ރައީސް ޔާމީންގެ މައްސަލައަކީ ސުޕްރީމް ކޯޓާ ހަމައަށް ދާންޖެހޭ މައްސަލައެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. އަޙްމަދު މިމޭރުމުން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމިން ޖަލުން މިނިވަންވީ ޓެކްނިކަލް ގޮތުން ހެދުނު ގޯހަކުން ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް ވިދާޅުވެފައިވާތީ ޤާނޫނީގޮތުން އެމައްސަލާގައި ކަން ހިނގާފައިވާގޮތް ސާފުކޮށް ދެއްވަމުންނެވެ.
އެގޮތުން ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދަޢުވާގައި މަނީ ލޯންޑަރިންގެ އުންސުރުތައް ހަމަ ނުވާކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ. އެހެންކަމުން އެ ދަޢުވާ އަކީ ޙަޤީޤަތުގައި ސުޕްރީމްކޯޓާ ހަމަޔަށް ދާންޖެހޭ މައްސަލައެއް ވެސް ނޫން ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.
"މަނީ ލޯންޑަރިންގ ގެ ދަޢުވާގެ ރުކުންތައް ފުރިހަމަނުވާކަން ދަޢުވާގެ ޞީޣާއިން ރަނގަޅަށް އެނގޭ. އެފަދަ ބާަޠިލް ދަޢުވާޔަކީ ޢާންމު އުޞޫލެއްގެ ގޮތުގައި މައުޟޫޢީގޮތުން ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ނޫން." ޑރ. އަޙްމަދު ވިދާޅުވިއެވެ.
މި މައްސަލާގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒަށް ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގެ އިސް ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް ވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ޓެކްނިކަލް ގޯހުން ނިމޭ ކަމެއް ނޫން ކަމަށެވެ.
ޖިނާއީ ކުށެއް ސާބިތު ކުރަން ގިރާކުރަން ޖެހޭ ގާނޫނީ ގިނަ އޮޅިތަކެއް ހުންނައިރު ރައީސް ޔާމީންގެ މައްސަލަ ދަށުމަރުޙަލާގެ ކޯޓުގައި މައުޟޫޢީ ގޮތުން ކުރިޔަށް ގެންދިއުމުންވެސް ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވަނީ އެކަމާމެދު ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު