ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް އިދކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން އިޢުލާނުކޮށްފިއެވެ.
ޕީޕީއެމުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އިދިކޮޅު ކޯލިޝަނުން ޕްރައިމަރީއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޕްރައިމަރީ ބާއްވާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ޕީޕީއެމުން ބުނީ ޕްރައިމަރީގައި ބައިވެރިވާން އެދޭ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގެ އެމްޑީޕީ އާއި ދާދިފަހުން އުފެއްދި އެމްއެންޕީން ވެސް ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާނެކަން އިޢުލާނުކޮށްފައެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެންބަރު ހުސެއިން ވަހީދު މިދިޔަ އަންގާރަ ދުވަހު ކެންސަރުގެ އާލާސްކަންފުޅެއްގައި އަވަހާރަވުމާ ގުޅިގެނެވެ.

ކިޔުންތެރިންގެ ހިޔާލު