މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެންބަރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލުކުރުމުން މޭޔަރު ޑރ. މުއިއްޒު ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހިފައިވާ ކަމަށް ޑަބްލިއުޑީސީގެ ރައީސް މަރިޔަމް ޝިފާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ވަނީ މާލޭ ސިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަން ކުރުމަށްޓަކައި ދިމާވެފައިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑަބްލިއުޑީސީގެ ރައީސް މަރިޔަމް ޝިފާ ވިދާޅުވީ, މެންބަރުންގެ ކަންބޮޑުވުންތައް ރައީސާ ޙިއްސާކުރުމުން މޭޔަރ ވަރަށްބޮޑަށް ހިތްހަމަނުޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮންމެކަމެއްގައިވެސް ރައީސްގެ އަރިހަށް ދާންވީނޫންތޯއޭ މޭޔަރު ވިދާޅުވިކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.
"އެ މީޓިންއަށް ފަހު އަޅުގަނޑުމެންނަށް ކައުންސިލްގެ މީޓިންއެއް ހަމަޖެހިގެން އެވާހަކަ ދެންނެވީމާ ހައިލައިޓް ކުރެއްވި ދެން ހުރިހާކަމެއްގައި ޕްރެޒިޑެންޓް ކައިރިއަށް ދާންވީނޫންހޭ ވެސް. އެކަހަލަ ބަސްބަސްވެސް އަޅުގަނޑުމެންނާ ދިމާލަށް ވިދާޅުވޭ." ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ އަންހެނުންގެ ކޮމިޓީގެ ބައްދަލުވުންތަކަށް ކައުންސިލުން ދީފައިވަނީ މައްޗަންގޮޅީގައި ހުންނަ ކައުންސިލްގެ އޮފީސް ކަމަށެވެ. ނަމަވެސް ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ދަނިކޮށްވެސް އޮފީސް ބަންދުކުރުމަށް މެންބަރުން އެތަނުން ނިކުންނަން ޖެހިފައި ހުރިކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ ގޮތަކަށް އެދުމުން އަމިއްލައަށް ޢިމާރާތެއް ކުއްޔަށް ހިފުމަށް މޭޔަރު ވިދާޅުވިކަމަށް ޝިފާވަނީ ވިދާޅުވެފައެވެ.
ޑަބްލިއުޑީސީއަށް މަސައްކަތްކުރެވޭނެ އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ލާމަރުކަޒީ ޤާނޫނުން ސިޓީކައުންސިލްގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއް ނަމަވެސް އެފަދަ ރޫޙެއް ސިޓީކައުންސިލުން ގެންގުޅޭ މަންޒަރު ނުފެންނަ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ކައުންސިލްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު