ފ. އަތޮޅު އައުޓް ކުރަން އުޅުނުމީހަކު އެއަތޮޅަށްގޮސް އިންޑިއާ އައުޓަށް ގޮވީމަ ހިނިއަންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޗީފް ވިޕް ރޮޒޭނާ އާދަމް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ކަންތައްތައް ކުރެއްވިގޮތް އެމަނިކުފާނުގެ ހަނދާނުގައި ނެތްނަމަވެސް އެކަންތައްތައް ރައްޔިތުންގެ ހަނދާނުގައި އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން ވެރިކަމުގައި ހުންނަވައިގެން ފ. އަތޮޅު އައުޓްކޮށް އެ އަތޮޅުގެ ރައްޔިތުންވެސް އައުޓް ކުރަން އުޅުއްވި ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ ރައީސް ޔާމީން މަސައްކަތް ކުރަށްވަމުން ގެންދަވަނީ ރައްޔިތުންނަށް މުޅި މަންޒަރު އޮޅުވާލެއްވުމަށް ކަމަށެވެ. އެގޮތުން މިއަދު ފ. އަތޮޅު ރައްޔިތުންގެ ކުރިމަތީގައި ހުއްޓި ހުރެ އިންޑިއާ އައުޓް ގޮވިނަމަވެސް ފ. އަތޮޅުގެ ރައްޔިތުން އެ އަތޮޅުން އައުޓް ކުރަން އުޅުއްވީ ރައީސް ޔާމީން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އެގޮތުން ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ގެނެސް ބޭރު މީހުންނަށް ޤައުމުގެ ރަށްތަކާ ބިންތަކާ ފަޅުތައް ވިއްކޭ ގޮތަށް ފާސްކުރީ ޓްރާންސްޕޭރެންސީގެ އެއްވެސް ކަމެއް ނެތި ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
"އެކަމަކު މިއަދު ފ. އަތޮޅަށް މިދަނީ އިންޑިއާ އައުޓް ކިޔަން. ވެރިކަމުގައި ހުރެ ކުރަމުން ދިޔައީ ފ. އަތޮޅު އައުޓް. ފ. އަތޮޅުގެ ރައްޔިތުންވެސް އައުޓް." ރޮޒޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިއުޑީސީވެސް އައުޓް ކޮށްފައި ކަމަށާއި ރައްޔިތުން އިންތިޚާބު ކުރާ މީހުންގެ ކިބައިގައި ނާތަހުޒީބު ސިފަތައް ހުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ ނަންބަރެއްގެ ތަފާތެއް ހުރުމުން ޖަލުޙުކުމުން ރައީސް ޔާމީން މިނިވަންވީ ނަމަވެސް ރައީސް ޔާމީން ވައްކަންކުރެއްވިކަމަށް އެބޭފުޅާ އަމިއްލައަށް އެބަ އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ގެނެސްފައިވަނީ ހަމައެކަނި މާލެއަށް ކަމަށާއި ނަމަވެސް ރައީސް ޞާލިޙްގެ ވެރިކަމުގައި ހަމަހަމަކަމާއެކު ހުރިހާ ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖޫން މަހު ޤާނޫނު އަސާސީގެ 251 ވަނަ މާއްދާއަށް ބަދަލު ގެނަސް ދިވެހިރާއްޖޭގެ ބިންތައް ވަކި އުސޫލެއްގެ ދަށުން ވިއްކޭ ގޮތަށް ގެނައި އިސްލާޙްގެ ދަށުން ފ. އަތޮޅުގެ ބޮޑު ސަރަޙައްދެއް ސައުދީގެ ޝާހީ އާއިލާއަށް ވިއްކާލުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމެވި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އެމްޑީޕީގެ މެންބަރުންގެ ވޯޓާ އެކު ފާސްވި މި އިސްލާހާ އެކު ގާނޫނު އަސާސީއަށް މުޅިން އާ ބާބެއް، 15 ވަނަ ބާބުގެ ނަމުގައި އިތުރުކޮށް ފްރީ ހޯލްޑިންގެ އުސޫލުން ބިމުގެ މިލްކްވެރިކަން ބޭރުގެ ފަރާތްތަކަށް ދެވޭނެ އުސޫލުތަކެއް އެބައިގައި ކަނޑައެޅިއެވެ.
ނަމަވެސް ރައީސް ޔާމީން އޭރުވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި، ފ. އަތޮޅަށް އަންނަން އުޅެނީ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި ގާނޫނީ ވެއްޓާ ސުވާލު އުފެދޭ ނަމަ 10 ބިލިއަން ޑޮލަރު ހިފައިގެން އެއްވެސް ބަޔަކު އިންވެސްޓްކުރަން ނާންނާނެ ކަމަށާއި ފ. އަތޮޅުގައި ފަށަށް އުޅޭ މަޝްރޫއު ވެގެންދާނީ މުޅި ދުނިޔޭގައި ރާއްޖެ ފަވާލެވިގެން ދާނެ ވަރުގެ ބިޔަ ބޮޑު މަޝްރޫއަކަށް ކަމަށެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންގެވެސް ވޯޓާއެކު މިއިސްލާހު ފާސްކުރި ނަމަވެސް ރައީސް ޔާމީން ވިދާޅުވާ މި ބިޔަ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުމާ ދެކޮޅަށް އަޑުއުފުލައި ކެމްޕޭން ކުރީވެސް އެމްޑީޕީންނެވެ.

ކިޔުންތެރިންގެ ހިޔާލު