ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ކ) އާއި ޑރ. މުޙައްމަދު އިޔާޒް
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ކ) އާއި ޑރ. މުޙައްމަދު އިޔާޒް
ޢަަދާލަތު ޕާޓީންދަނީ އެޕާޓީގެ އިސްލާމީ އުސޫލުތަކަށް ޚިޔާނާތްތެރިވަމުން ކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ ޖީއެމްއާރު އެއަރޕޯޓުގެ މައްސަލައަކީ މިހާރު އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނާ ތަފާތު މައްސަލައެއް ކަމަށް ޑރ. އިޔާޒް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޑރ. އިޔާޒް ވިދާޅުވީ ޖީއެމްއާރު އެއްބަސްވުމާ ދެކޮޅު ހެއްދެވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުރައްކާ އޮތުމުން ކަމަށެވެ.

ޑރ. އިޔާޒަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ ބޭރުގެ އަސްކަރީ ބާރުތަކުން ރާއްޖޭގައި ދެމިތިބެން ތަރުހީބުދޭ މޭރުމަކުން ދައްކާފައިވާ ވާހަކަތައް އަދާލަތު ޕާޓީގެ ރަސްމީ ޓްވިޓާއިން އެންޑޯސްކުރުމަކީ ނުވަތަ އެކަމަށް ތާއީދުކުރާކަން ހާމަކުރުމަކީ އެޕާޓީގެ އިސްލާމީ އުސޫލްތަކަށް ވެވޭ ޚިޔާނާތެއްކަމަށެވެ.

"އަދާލަތު ޕާޓީގެ ފައުންޑަރުންނަށް އެނގޭނެ މި ދައްކާ ވާހަކައިގެ މާނަ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވަނީ ބޮލުގައި ފޮތި ބަދެގެން އެއްގަމާއި ކަނޑުގައި މުޒާހަރާކޮށް ޖީއެމްއާރު ބޭރުކުރަން އަދާލަތު ޕާޓީން މަސައްކަތްކުރީ އެތަން ތަރައްގީ ވެދާނެތީތޯއޭ، ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު ވެލާާނާ އިންޓަނޭޝަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުނި އަތުން އަތުލުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ރައީސްކަން ކުރައްވާ އަދާލާތު ޕާޓީގެ އިސްބޭފުޅުންނެެވެ.

އެގޮތުން ޖީއެމްއާރާއި ދެކޮޅަށް އެއްގަމާއި ކަނޑުމަތީގައި މުޒާހަރާއާއި އެއްވުންތައް ބާއްވައި ސަރުކާރަށް ކުރި ޕްރެޝަރާއި ފިއްތުންތަކާއެކު ރައީސް ވަހީދުގެ ސަރުކާރުން ވަނީ އެއާޕޯޓް އެއްބަސްވުން ބާތިލްކޮށް ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު