ފަތުުުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމާއި ރައީސް ޞާލިހު
ފަތުުުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމާއި ރައީސް ޞާލިހު
ސިޔާސީ ފަރާތްތަކުން ޖަހާ ސިޔާސީ މަންތަރުގެ ބާރު އަދުގެ ޖީލަށް މާބޮޑަށް ފޯރާކަމަށް ނުބެލެވޭ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިވަގުތު ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭންގެ އަސަރު ޒުވާނުންނަށް މާބޮޑަށް ފޯރަމުންނުދާކަމަށް ދޭހަވާފަދަ މޭރުމަކުން ޑރ. މައުސޫމް ވިދާޅުވީ ރައްޔިތުން ލޭކެކޭ ފަދަ ދެބޯގެރިއެއް ހޯދުމަށްފަހު ކަމުގެ ގޯސްތައް އުފަންކޮށް އެކަން ވާދަވެރިޔާއާ މަތިކުރުމަކީ ސިޔާސީ މަންތަރު ކަމަށެވެ.

އަދި އެފަދަ ސިޔާސީ މަންތަރު އުފަންކުރާ ފަރާތްތަކުން ތިމާ އުފަންކުރާ ދެބޯގެރި ނައްތާލުމަށް ތިމާއާ ބައިވެރިވުމަށް ރައްޔިތުންނަށް ގޮވާ އާދޭސް ކުރާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

"މި މަންތަރުގެ ބާރު އަދުގެ ޖީލަށް މާބޮޑަށް ނުފޯރާކަމަށް ބުނެވޭ." ޑރ. މައުސޫމް ވިދާޅުވެފައިވެއެވެ.



ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިޔާ އައުޓް ކެމްޕޭންގައި ފ. އަތޮޅު ނިލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ވިދާޅުވެފައިވަނީ އިންޑިއާއާއެކު ސަރުކާރު އޮތީ "ކަނޑުމަތި" އަޅާފައި ކަމަށާއި، އެއިން ނެއްޓޭނެ ގޮތެއް ސަރުކާރަށް ނެތް ކަމަށެވެ.

ރައީސް ޔާމިން އިންޑިއާ އައުޓް ކެމްޕޭނަށް އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން އެހަރަކާތް ކުރިއަށް ގެންދަވާއިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދާދިފަހުން ވަނީ އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް ހިންގާ އިންޑިއާ އައުޓް ކެމްޕޭން ދެން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ އިދިކޮޅަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ.

އަލީ ޒާހިރުގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފުލުހުން ނެރެގެން ވެސް އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު