ފޭދޫ ދާއިރާާގެ މެންބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާާގެ މެންބަރު މުޙައްމަދު ނިހާދު
ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫޢުތަކަށް އިދިކޮޅުން ހުރަސްއަޅާނަމަ އެފަރާތްތައް ހުއްޓުވައިގެންވިޔަސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު މިމޭރުމުން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭންގެ އަޑު މުޅިރާއްޖޭގައި ވަރަށްބޮޑަށް ގަދަވެފައިވާތީ އެކަމަށް އިޝާރާތް ކުރަށްވަމުންނެވެ. އެގޮތުން އިންޑިޔާގެ ފަންޑުތަކުން މާލެ ފިޔަވައި އެންމެ ގިނަ މަޝްރޫޢުތައް ހިންގުމަށް ޕްލޭންކޮށްފައި ވަނީ އޭނާވެސް ނިސްބަތްވާ އައްޑޫ ސިޓީގައިކަން ނިހާދު ފާހަގަކުރެއްވިއެވެ.

ނިހާދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އިންޑިއާއިން އެހީދީގެން ހިންގާ ބޮޑެތި މަޝްރޫޢުތައް ހުއްޓުވުމަށް ކަމަށެވެ. އެހެންނަމަވެސް އެއްވެސް މަޝްރޫޢެއް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

"ވަރަށް ދެރަ ކަމެއް ދޯ! އެއްވެސް އުނދަގުލެއް ވާނަމަ އެވެރިން ހުއްޓުވައިގެން ވިޔަސް ޕްރޮޖެކްޓްތައް ކުރިޔަށް ގެންދެވޭނެ." ނިހާދު ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ފަންޑުކޮށްގެން ހިންގާ ޙަރަކާތްތަކުން އައްޑޫ ސިޓީއަށް އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށް ނިހާދު ވިދާޅުވިއެވެ. އެކަން އިދިކޮޅު ފަރާތްތަކަށް ޙަޖަމް ނުވުމަކީ ދެރަކަމެއް ކަމަށާއި އައްޑޫ ރައްޔިތުންދެކެ ލޯބިވާ އެއްވެސް މީހަކު މަޝްރޫޢުތައް ހުއްޓުމަކަށް އަންނާނެ އެއްވެސް ކަމެއް ކުރުމަށް ނުނިކުންނާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕޭން އަތޮޅުތަކުގެ ތެރެއަށް ފުޅާކޮށްފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ހއ. ބާރަށުގައި ވެސް އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ކެމްޕޭނަށް ރައީސް ޔާމީން ވަނީ ކ. ގުރައިދޫ، ތުލުސްދޫ އަދި ފ. ނިލަންދޫއަށް ވަޑައިގެން އެރަށްރަށުގައި ބޭއްވި އިންޑިޔާ އައުޓް ކެމްޕޭންގައި ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު