މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) ގެ އިފްތިތާހީ ޖަލްސާ
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) ގެ އިފްތިތާހީ ޖަލްސާ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިންވެސް ކެންޑިޑޭޓަކު ނެރެން ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.

އެމްޓީޑީން މިއަދު ބުނީ އެ ޕާޓީންވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި މަހުގެ 27 ވާ ހޯމަ ދުވަހުގެ ހަވީރު ފަހެއް ޖެހުމާއި ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެމްޓީޑީން ވަނީ ބުނެފައެވެ.



ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެކަން އެމްޓީޑީގެ އިތުރުން އެމްއެންޕީ އާއި ޕީޕީއެމް އަދި އެމްޑީޕީން ވަނީ އިއުލާންކޮށްފައެެވެ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ދީފައިވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދަށެވެ.

އެމްއެންޕީގެ ޓިކެޓް، ށ. ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސަށް ދީފައިވާއިރު އިދިކޮޅު ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިއްމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު