ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (މ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (މ)
އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންވެސް ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު މިމޭރުމުން ގޮވާލެއްވީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަކުރަމުން އަންނަ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރިންވެސް ނަފުރަތު އުފެދޭ ކަންކަމާ ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް ގޮވާލައްވާ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިންވެސް ބައިބައިވުމާ ދުރުވުމަށްވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

"އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރީން ވެސް ބައިބައިވުމާއި، ނަފްރަތު އުފެދޭ ކަންކަމާ ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް އަޅުގަނޑު ގޮވައިލަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.



ސުނާމީ ކާރިސާއަށް މިއަދު 17 އަހަރު ފުރިފައިވާއިރު އެޙާދިސާގައި ރާއްޖެއިން އެކަނިވެސް 82 މީހުން ވަނީ ނިޔާވެފައެވެ. އަދި 26 މީހަކުވަނީ އެޙާދިސާގައި ގެއްލިފައެވެ.

ޑިސެމްބަރު 26، 2004 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް، ރެކްޓަރު މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅުތައް 14 ގައުމަށް އަރާ 230،000 މީހުންގެ ފުރާނަ ގެއްލިގެންދިޔަ އެވެ.



ކިޔުންތެރިންގެ ހިޔާލު