ނިއުރޭޑިއަންޓާއި ވިކްޓްރީއަށް ފިޔަވަޅުއެޅީ ފުޓުބޯޅައަށް ވުރެ އަމިއްލަ މަސްލަޙަތަށް އިސްކަންދީގެން ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ކުޅުންތެރިންނަށް ޤަވާއިދުން މުސާރަނުދޭ ކަމަށް ބުނެ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ދެކްލަބް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފައިވާއިރު އެކަން ކޮށްފައިވަނީ އެއްވެސް ހަމައެއް ނެތިކަމަށް އާޒިމް ވިދާޅުވިއެވެ. ނިއުރޭޑިއަންގެ ބާނީ ކުއީން ވަޙީދުގެ ދަރިކަލުން އަދި މީގެ ކުރިން ނިއުރޭޑިއަންޓްގެ ޗެއަރމަންކަންވެސް ކުރެއްވި ޢަލީ އާޒިމް މިއަދު ވިދާޅުވީ ނިއުރޭޑިއަންޓް އާއި ވިކްޓްރީ ދަރަނިވެރިވި ކަމަށްބުނެ ފުޓުބޯޅައިން ގެއްލުވާލި އިރު ދަރަނިވެރިނުވާ ކުލަބެއް ރާއްޖޭގެ ލީގުގައި ކުޅެމުން ނުދާ ކަމަށެވެ.
އަދި އެފްއޭއެމްގެ އެ ފިޔަވަޅުގެ ސަބަބުން ގެއްލުންވީ ދިވެހި ފުޓުބޯޅައަށް ކަމަށާއި އެކަންކުރީ ފުޓުބޯޅައަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރި ބައެއް ކަމަށް އާޒިމް ތުހުމަތު ކުރެއްވިއެވެ.
"ހަމަ ހަމަ އުސޫލެއްނެތި އެޅި ފިޔަވަޅެއް. ގެއްލުންވީ ދިވެހި ފުޓުބޯޅައަށް." އާޒިމް ވިދާޅުވެފައިވެއެވެ.
އާޒިމް މިމޭރުމުން ވިދާޅުވެފައިވާއިރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ދިގު މުއްދަތަކަށް އަދާކުރެއްވި އަދި ދިވެހި ކުޅިވަރަށް އެތަށް ޚިދުމަތްތަކެއް ކޮށްދެއްވި ޙާމިދު އަބްދުލް ޣަފޫރުވެސް ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު ދެކްލަބް ދަރަނިވެރިކޮށް، ގެއްލުވައިލުމަކީ ފުޓުބޯޅަ އެސޯސިއޭޝަންގެ މަސްލަހަތު އޮތްކަމަކަށް ނުވާނެ ކަމަށެވެ.
ދާދިފަހުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުންވަނީ ވަކި މީޑިއާއަކުން ބައިވެރިވާތީ ކަމަށްބުނެ މެޗްގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކަޓް ކޮށްފައެވެ. އެކަމާގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް ވެސް ވަނީ ކްލަބްތަކުގެ ނިންމުމަށް ތާޢީދު ކުރަށްވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު