މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި އަމުރު, ހައިކޯޓުގައި އިސްތިއުނާފު ކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ހުޅުމާލޭގެ ރަޖިސްޓްރީ ބާޠިލްކުރުމަށް ސިޓީ ކައުންސިލުން ނިންމީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް ސިޓީ ކައުންސިލުގެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި އެނިންމުން ބާޠިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށާއި އެލް.ޖީ.އޭއަށް އެޗްޑީސީން ވަނީ މައްސަލަ ހުށަހަޅާފައެވެ.
އެޗްޑީސީން ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިމަހުގެ 9 ވަނަ ދުވަހު ނެރުނު ވަގުތީ އަމުރުގައި ބުނީ ސިޓީ ކައުންސިލްގެ ނިންމުމަށް ޢަމަލުކުރަން ފަސްކޮށް، ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒްކުރުމަށް ދަޢުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށެވެ.
ސިވިލް ކޯޓުގެ އަމުރުގައި ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން އެޗްޑީސީއަށް ލިބޭ އެންމެހާ ޤާނޫނީ ޙައްޤުތަކާ، ބިމާ ގުޅިގެން ކުރަމުންއައި އެންމެހައި ކަންކަމާއި، ހުޅުމާލެ ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި އެފަދަ ޢަމަލެއް ކުރަމުންދާނަމަ އެކަން ހުއްޓުވައި ދިނުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށްވެސް ސިވިލްކޯޓުން އަމުރުކޮށްފައިވެއެވެ.
އެކަމާގުޅިގެން ސިޓީ ކައުންސިލުން މިއަދު ބުނީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މި ހަފުތާ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރަން ކައުންސިލުގެ ލީގަލް ޓީމުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ޓީޖެޓީ މައްސަލަވެސް ސިވިލް ކޯޓަށް ހުށަހެޅުމަށް ލީގަލް ޓީމުން ތައްޔާރުވަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.
ހުޅުމާލޭ ރަޖިސްޓްރީގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ ނިންމުން މަޑުޖައްސާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް ވަނީ އަންގާފައެވެ. އަދި އެއީ ގާނޫނީގޮތުން ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށްވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު