ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަށްވާ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން 30 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 09:00 ގައި އިންތިޚާބާ ބެހޭ މަރުކަޒުގައި އޮންނާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެކަން އެމްއެންޕީ އާއި ޕީޕީއެމް އަދި އެމްޑީޕީން ވަނީ އިއުލާންކޮށްފައެެވެ. ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ދީފައިވަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދަށެވެ.
އެމްއެންޕީގެ ޓިކެޓް، ށ. ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސަށް ދީފައިވާއިރު އިދިކޮޅު ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިއްމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު