ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދު ރަނުން ރަނަށް މިއަދު ފުއްދަވައިފި އެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރާއްޖޭގައި މިހާތަނަށް ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ނުފެށިވާ 39 ރަށެއްގައި އެ މަސައްކަތްތައް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 23 ރަށެއްގެ ފެނާއި 16 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތެވެ.
މިއަދު ހަވާލު ކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 920 މިލިއަން ރުފިޔާ އެވެ. މި ވެރިކަން ފެށުނުއިރު ނަރުދަމާގެ ނިޒާމް ގާއިމްކުރެވިފައި އޮތީ އެންމެ 20 ޕަސެންޓް ރަށުގަ އެވެ. ފެނުގެ ނިޒާމް ގާއިމްވެފައި އޮތީ 37 ޕަސެންޓު ރަށުގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ އެންމެ ފުރަތަމަ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ، އަދި ވެވަޑައިގެންނެވި ވަޢުދަކީ ވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ވަޢުދު ކަމަށާއި މިއަދަކީ އެވަޢުދު ފުއްދުމުގެ މަންޒިލަށް ވާޞިލުވުމަށް ލިބޭ ހެޔޮ ފާލެއްކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކުރެވުމުން އިންތިޚާބުތަކާ ދިމާކޮށް ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ ވަޢުދަށް ނިމުމެއް އަންނާނެއެވެ. ފެނާއި ނަރުދަމާގެ ނިޒާމު އަޅަން މި ސަރުކާރުން މިހާތަނަށް ހަވާލުކޮށްފައިވާާ ރަށްރަށުގެ ތެރެއިން 48 ރަށެއްގެ ނަރުދަމާގެ ނިޒާމާއި 60 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް މިވަގުތު ދަނީ ކުރިއަށެވެ.
މި މަޝްރޫއުތައް ކުރިޔަށް ގެންދަނީ ދައުލަތުގެ ބަޖެޓުންނާއި އިންޑިއަން އެގްޒިމްގެ ކްރެޑިޓް ލައިން އަދި އޯޕެކް ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ލޯން އެހީގައި އެވެ. މިއަދު ސޮއިކުރި އެއްބަސްވުންތަކާ އެކު، މި ސަރުކާރުގައި ފެނާއި ނަރުދަމާ ގާއިމުކުރަން ސޮއިކުރި އެއްބަސްވުންތަކުގެ ޖުމުލަ އަގު 5.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ސަރުކާރުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު