ސިނަމާލެ ބުރިޖު ހުޅުވުމަށް ހަވާ އެރުވުން | ފޮޓޯ: ރައީސް އޮފީސް
ސިނަމާލެ ބުރިޖު ހުޅުވުމަށް ހަވާ އެރުވުން | ފޮޓޯ: ރައީސް އޮފީސް
އާ އަހަރު ފާހަގަކުރުމަށް މާދަަމާރޭ ހުޅުމާލޭގައި ހަވާއެރުވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ 2021 ޑިސެންބަރު 31 ވަނަ ދުވަހުގެރޭ 23:59 ގައި، ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާއެރުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާ އަހަރު ފާހަގަ ކުރުމަށް ހަވާ އެރުވުމަށް ސަރުކާރުން ނިންމާފައިވާއިރު އާއަހަރު ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އިންތިޒާމްކޮށްގެން މަރުޙަބާވީސް"ގެ ނަމުގައި މިއުޒިކް ޝޯއެއް ބޭއްވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

މި ޝޯވގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތް ތިވާރީވެސް ބައިވެރިވެ، ލައިވް ހުށައެޅުންތައް ހުށަހަޅާނެއެވެ. މީގެއިތުރުން ދިވެހި ފަންނާނުންގެ ހުށައެޅުންތައްވެސް މި ޝޯވގައި ފެނިގެންދާނެއެވެ.

ފަހަކަށް އައިސް ކޮންމެ އާ އަހަރަކަށް މަރުހަބާ ކިޔުމުގެ ގޮތުން މާލޭ ސިޓީގައި އަންނަނީ ކުލަގަދަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މީގެ ކުރިން ދުނިޔޭގެ މަޝްހޫރު ބައެއް ފަންނާނުން ވެސް ރާއްޖެ ގެނެސް، ޝޯ ބާއްވާފައިވެއެވެ.

ސަރުކާރުން އާއަހަރު ފާހަގަ ކުރުމަށް ތައްޔާރުވަމުން ދާއިރު ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ގިނަ މީހުން އެއްވާ ހަފުލާތަކާއި ހަރަކާތްތައް މިދުވަސްކޮޅު ނުބޭއްވުމަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން