އާއަހަރު ފާހަގަ ކުރުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރުމަށް ތައްޔާރުވެފައިވަނިކޮށް މާފުށި ބަންދު ކޮށްފިއެވެ.
ކޯވިޑް-19ގެ ޙާލަތު މާލޭގައި އާއްމު ޙާލަތަކަށް ގެނެވިފައިވީ ނަމަވެސް ރަށްރަށުގައި ބަލި ފެތުރޭ ނިސްބަތް މިހާރުވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިއަދު ވަނީ މާލެއަތޮޅު މާފުށިވެސް މޮނިޓަރިންގެ ޙާލަތަށް ބަދަލުކޮށްފައެވެ.
އެޗްޕީއޭއިން ޢާއްމު ކޮށްފައިވާ މަޢުލޫމާތުތައް ދައްކާގޮތުން މިހާރު މޮނިޓަރިންގައި ނުވަތަ އަރާފޭބުން މަނާކޮށް ބަންދުކޮށްފައި 16 ރަށެއް އެބައޮތެވެ.
މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ ހދ އަތޮޅުން ނައިވާދޫ، ނ. އަތޮޅުން ލަންދޫ، ކ އަތޮޅުން ތުލުސްދޫ އާއި މާފުށި, މ. އަތޮޅުން މުލައް، ދ. އަތޮޅުން ކުޑަހުވަދޫ އާއި ހުޅުދެލި، ތ. އަތޮޅުން ވިލުފުށި، ގދ. އަތޮޅުން ވާދޫ، ހޯޑެއްދޫ އާއި ގައްދޫ, އައްޑު އަތޮޅުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫ އެވެ.
ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 95،420 އަށް އަރާފައިވާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،205 ގައެވެ. އިއްޔެ ގްރޭޓަރ މާލެ ސަރަހައްދުން 53 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވީ 145 މީހުންނެވެ. މީގެ ތެރޭގައި އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 85 މީހަކު ހިމެނެއެވެ.
އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 13 މީހުންނަށެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 262 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު