ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަން ދެއްކުމަކީ ދުޅަހެޔޮ މުޖުތަމައަކަށްޓަކައި މުހިންމު ކަމެއް ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ދިވެހިންގެ އެއްބައިވަންތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ވަރޗުއަލް ރަން 2021، ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަން ދެއްކުމަކީ ދުޅަހެޔޮ މުޖުތަމައަކަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަން ގުޅިފައިވަނީ ދީނުގެ އެއްބައިވަންތަކަމާއި ތާރީޚާއި ސަގާފަތުގެ އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ. އޭގެ އިތުރުން ފުރިހަމަ ސިއްހަތެއްގައި އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު ތިބެ، ކުޅިވަރާއި އެންޓަރޓެއިންމެންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދިޔަ 5 ކިލޯމީޓަރުގެ މި ދުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 500 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ދުވުމުގައި މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން ހޯމް މިނިސްޓްރީގެ އިސްވެރިން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު