ހުޅުމާާލެ ޖަލުގައި މީހެއްގެ ސާމްޕަލް ނަގަނީ
ހުޅުމާާލެ ޖަލުގައި މީހެއްގެ ސާމްޕަލް ނަގަނީ
ހުޅުމާލެ ޖަލުން ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ގެންގޮސްފިއެވެ.

އެކަން ހާމަކޮށް މިއަދު ކަރެކްޝަނަލް ސާވިސް އިން ބުނީ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި ކަރެކްޝަންސް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާމްޕަލާއި، ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ މި 30 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ކަމަށެވެ.

މީގެ ކުރިން މާފުށީ ޖަލުގައާއި އައްސޭރި ޖަލު އަދި މާލެ ޖަލުގައި ވެސް ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގާފައި ވެއެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން