ނިއު ނޯމަލްއަށް ހުޅުމާލެ ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަނުން ބުނެފިއެވެ.
އެޗްޑީސީން މިރޭ ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލޭގެ ފިހާރަތަކުގެ ބޭރުގައި އިޖްތިމާޢީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށް މަގުތަކުގައި ކުރެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މިއީ ކޯވިޑް-19 ގެ ލޮކްޑައުނަށް ލިބޭ ލުއިގެ ދަށުން ހުޅުމާލެ ހުޅުވާލާއިރު އިޖްތިމާޢީ ގައިދުރުކަމަށް އިސްކަންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ނިއު ނޯމަލްއަކަށް އަހުލުވެރި ކުރުވުމަށް ހިންގާ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގެ ފިހާރަތަކުގެ ބޭރުގައި އިޖްތިމާޢީ ގައިދުރުކުރުމުގެ ގޮތުން ކުރަހަން ފަށާފައި ވާއިރު، މިހާރު މާލޭގެ ބައެއް ބޮޑެތި ފިހާރަތަކުގެ ބޭރުގައިވެސް މިފަދަ ކުރެހުންތައް ވަނީ ކުރަހާފައެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަން އެއްކޮށް ފިލައިގެން ނުދިޔަކަމުގައި ވީނަމަވެސް، ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކްލީފަށް ލުޔެއް ފޯރުކޮށް ދިނުމަށް ސަރުކާރުން ވަނީ، ފިޔަވަހި ތަކަކަށް ބަހާލައިގެން ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމާފައެވެ.
އެގޮތުން މިއަދު ވަނީ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އަލުން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު