ރާއްޖޭގެ ސަރަޙައްދުތަކުން ބިން ގަތުމާއި ބިން ވިއްކުމުގައި ތަފާތުކުރުމެއް ނުގެންގުޅުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ގޮވާލައްވައިފިއެވެ.
އާއްޓޭ މި މޭރުމުން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން މިހާރު ވިއްކުމަށް އިއުލާނުކޮށްފައިވާ 60 ގޯތި ވިއްކާނީ ހަމައެކަނި މާލޭ ރައްޔިތުންނަށް ކަމަށް އެޗްޑީސީން ބުނުމާ ގުޅިގެންނެވެ.
އާއްޓޭ ވިދާޅުވީ ރާއްޖޭގެ ކޮންމެ ތަނަކުން ކޮންމެ ދިވެއްސަކަށްވެސް ބިން ގަނެގެން ދިރިއުޅުމުގެ ޙައްޤު އޮންނަންވާނެ ކަމަށެވެ. އަދި ކުއްޔަށް ހިފައިގެން އުޅުމުގެ ޙައްޤުވެސް އޮންނަންވާނެ ކަމަށް އާއްޓޭ ވިދާޅުވިއެވެ.
"ބިން ގަތުމާ ވިއްކުމަށް ޓެކްސް ދެއްކުން ފިޔަވާ އިތުރު ހުރަހެއް އޮވެގެންވެސް ނުވާނެ." އާއްޓޭ ވިދާޅުވެފައިވެއެވެ.
23 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވެސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވާފައި އެބަ އޮތް ކަމަށެވެ. އަދި ގޯތި ދޭނީ ގުޅިފަޅުންނާއި ހުޅުމާލޭން އެކަނި ނޫން ކަމަށާއި އެހެން ފަޅުތަކުންވެސް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލެއިން ހަމައެކަނި މާލޭ ރައްޔިތުންނަށް ބިންވިއްކުމަށް ނިންމާފައިވާތީ އެއީ ދިވެހި ރައްޔިތުންގެ މެދުގައި ތަފާތުކުރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާލު ކުރަމުންނެވެ.

Komme thanakun ves komme meehakah ves bin ganegen dhiri ulhumuge haqqu onnan vaane. Adhi kuyyah hifaigen ulhumuge haqqu ves onnan vaane. Bin gathumaa vikkumah tax dhekkun fiyavaa ithuru huraheh ovegen ves nuvanee.
— Ahmed Arif (@Arttey) January 3, 2022
23 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވެސް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ރާވާފައި އެބަ އޮތް ކަމަށެވެ. އަދި ގޯތި ދޭނީ ގުޅިފަޅުންނާއި ހުޅުމާލޭން އެކަނި ނޫން ކަމަށާއި އެހެން ފަޅުތަކުންވެސް ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލެއިން ހަމައެކަނި މާލޭ ރައްޔިތުންނަށް ބިންވިއްކުމަށް ނިންމާފައިވާތީ އެއީ ދިވެހި ރައްޔިތުންގެ މެދުގައި ތަފާތުކުރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާލު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު