ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
މާލޭ ސިޓީގައި ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އަށް އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން ދައުލަތުގެ މީޑިޔާގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާ ދުވާލެއްގެ މައްޗަށް ބައްޔަށް ޓެސްޓްކުރެވޭ ނިސްބަތް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

އެގޮތުން އައި.ޖީ.އެމް.އެޗްގެ ޓެސްޓިންގ ކެޕޭސިޓީ މިހާރު ދުވާލެއްގެ މައްޗަށް 600 ގައި ހުރިއިރު، މިމަހުގެ ތެރޭގައި އެ ޢަދަދު 1000 އަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރެވޭނެ އިންތިޒާމް މިމަހުގެ ނިޔަލަށް ނުވަތަ މި ފެށޭ ޖޫންމަހުގެ ކުރީކޮަަޅު ހަމަޖެހިގެންދާނެކަމަަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"މިމަހުގެ ނިޔަލަށް އައި.ޖީ.އެމް.އެޗްގެ ކެޕޭސިޓީ 1000 އަކަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންމިދަނީ. މިމަހުގެ ނިޔަލަށް ނުވަތަ ޖޫންމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޑަބްލިއު.އެޗް.އޯ މެދުވެރިކޮށް އަޅުގަނޑުމެންނަށް ޖީންއެކްސްޕާޓް ކާޓްރިޖްތައް ރާއްޖެއަށް އައުމާއެކީގައި އަތޮޅު ތެރޭގައި ޓެސްޓްކުރުން ފެށިގެންދާނެ. މީގެއިތުރުން ޕީ.ސީ.އާރް މެޝިންތައް ބޭނުންކޮށްގެންވެސް އަތޮޅުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމްތައް އެބަ ހަމަޖެއްސޭ. ދަނީ ހަމަޖައްސަމުން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކޯވިޑް-19 މާލޭގައި ފުރަތަމަ ފެތުރިގެންދިޔަ ނިސްބަތާއި ބަލާފައި މިހާރުވެސް ޓެސްޓިންގ ކެޕޭސިޓީ ވަރަށް ބޮޑުތަން އިތުރުކުރެވިފައިވާކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދަށާއި، ބަލި ފެތުރެމުންދާ ޓްރެންޑާއި އެއްގޮތަށް ޓެސްޓްކުރުމުގެ ކަންކަންވެސް ފުޅާކޮށް ހަރުދަނާކުރަމުންދާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


14

އިސްލާމް މިއާ

23-May-2020

އެބަރަނގަޅުވޭ



ޓްރެންޑިން