ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުު (މ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުު (މ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް "އަސާސެއް ނެތް" މައްސަލައެއް އުފައްދައިގެން ފުލުހަށް ހުށަހެޅި ހުށަހެޅުމަކީ ބޮޑު ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ތުހުމަތުކޮށް އެމައްސަލަ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާތަކެއް އެކުވެގެން އުފައްދާފައިވާ "ޖަމިއްޔަތުލް އިއްތިހާދުން" ފުލުހަށް މީގެ ކުރިން ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް ދީނާއި ޚިލާފު ކަމެއް ރައީސް ނަޝީދު ނުކުރައްވާ ކަމަށާއި އެކަމުގައި ބަލަން ޖެހޭ މައްސަލައެއް ނެތް ކަމަށް ފުލުހުންގެ އިދާރާ އިންް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިންތި ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ފަދަ ހަމަލާއެއް އަނެއްކާ ވެސް ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެކަން ބޭނުމަކަށް ހެދުމަށް ފަހު، ނުބައި ނިޔަތުގައި ކުރާ ކަމެއް ކަން ވެސް އެނގޭ ގޮތަށް އެމަނިކުފާނާއި ދެކޮޅަށް އަސާސެއް ނެތް މައްސަލައެއް އުފައްދައި އެ މައްސަލަ ފުލުހަށް ހުށަހެޅުމަކީ ކުށެއް ކަމަށާއި އެމައްސަލަ ފުލުހުން ބަލަންޖެހޭ ކަމަށް އިންތި ވިދާޅުވިއެެވެ.

"ރަނގަޅު ނިޔަތަށްވުރެ ބޮޑަށް ނުބައި ނިޔަތުގައި ކުރާކަމެއްކަން އެނގޭގޮތަށް އަސާސެއް ނެތް މައްލަސަ ހުށަހެޅުމަކީ ވެސް ކުށެއް." އިންތި ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދަކީ ލާދީނީ މީހެކޭ ބުނެ ފަތުރަމުންދާ އިލްޒާމުތައް ހުއްޓުވައިދިނުމަަށް ރައީސް ނަޝީދު އިއްޔެ ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް އެމަނިކުފާނާމެދު އެފަދަ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ބޭނުމަކީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެެ.



ކިޔުންތެރިންގެ ހިޔާލު