ކ-ވ: ރައީސް ނަޝީދު, ސަލަފްގެ ރައީސް، ޝައިހް އަބުދު ﷲ
ކ-ވ: ރައީސް ނަޝީދު, ސަލަފްގެ ރައީސް، ޝައިހް އަބުދު ﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައްކަވަނީ ރައްޔިތުންނަށް ދެއްކޭނެ އެންމެ ނުތާހިރު ނަމޫނާ ކަަމަށް ޖަމިއްޔަތުއް ޞަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ވިދާޅުވެެއްޖެއެވެ.

ޖަމިއްޔަތުލް އިއްތިހާދު ކިޔާ ފަރާތަކުން ރައީސް މުހައްމަދު ނަޝީދަށް ތުހުމަތުކޮށް ފުލުހަށް ހުށައެޅި މައްސަލައިގައި އެމަނިކުފާނު ދީނާއި ޚިލާފު ކަމެއް ނުކުރައްވާ ކަމަށާއި އެކަމުގައި ބަލަން ޖެހޭ މައްސަލައެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެ ނިންމުން ހާމަކުރީ މަޖިލީހުގެ އިދާރާގެ ލެޓަހެޑްގައި ނެރުނު ބަޔާނެއްގައި ރައީސް ނަޝީދަކީ ލާދީނީ މީހެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާ މެދު ފިޔަވަޅު އަޅައިދީ އެކަން ހުއްޓުވައި ދިނުމަށް އެދިފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ސަލަފު ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ވިދާޅުވީ ‏މަޖިލީހުގެ ރައީސަކަށް ހުންނަ މީހަކީ ޤާނޫނީ ކުށެއްކުރިޔަސް ކުށްވެރި ކުރެވޭނެ މީހެއްނޫންކަމަށް ރާއްޖޭގެ ޤާނޫނު އަސާސީއަކު އަދި ލިޔެފައި ނެތް ކަމަށެވެ. ޝައިހް އަބުދުﷲ ވިދާޅުވީ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ބުނާގޮތުން ވަކިފަރުދެއް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޒުކުރުމަކީ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ލާޒިމް ކަމެއް ކަމަށެވެ.





"ކުށުން ބަރީއަވެގަތުމަށްޓަކައި، ކޮންމެ ފަރުދަަކަށް އޮތް ޤާނޫނީ އިމުގެ ބޭރުން، މަޤާމްގެ ނުފޫޒް ބޭނުންކޮށްގެން، ޤާނޫނުއަސާސީގެ ބާރުކަނޑުވާލަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށްވުމަކީ ރައްޔިތުންނަށް ދެއްކޭނެ އެންމެ ނުތާހިރު ނަމޫނާއެވެ." ދައުލަތުގެ އެއްބާރުގެ އެންމެ އިސްވެރިޔާއަށް ފާޑު ވިދާޅުވަމުން ސަލަފުގެ ރައީސް ވިދާޅުވިއެެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް ރައީސް ނަޝީދާމެދު ލާދީނީ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ބޭނުމަކީ ރައީސް ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރުން ކަމަށް ވެސް ބަޔާނުގައިވެއެވެ.

މަޖިލީހުގެ އިދާރާއިން ރައީސް ނަޝީދާ ޙަވާލާދީ މިފަދަ ބަޔާނެއް ނެރެފައިވާއިރު ހަރުކަށި ފިކުރުގެ ބަޔަކު އަޑީގައި ތިބެގެން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ނުރަައްކާތެރިި ހަމަލާއެއްވެސް ވަނީ ދީފައެވެ. އެހަމަލާ އިން ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވި ނަމަވެސް ހަށިކޮޅަށް ވަރަށް ބޮޑެތި ޒަޚަމްތަކެެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

އެންޓި ލާދީނީ

10-Jan-2022

ކީރިތި މާތް ނަބިއްޔާ، محمد صلى الله عليه وسلمގެ މާތް ހަށިކޮޅު ވަނީ މަދީނާ ގައި ފަސްދާނު ވެޑުވިފައެވެ. އެކަލޭގެފާނަށް ފުރައްސާރަކުރާ، މުޑުދާރު، ކުނި ހަށިގަނޑެއްގެ ވެރި، ބަޅު އޫރު ފަދަ އެއްޗެއްގައި އޮތީ ކޮން حرمةއެއް ހެއްޔެވެ؟