ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވާލަކަށް އެވްރެޖްކޮށް ހުންނާނީ 30 އާއި 50 އާއި ދެމެދުގެ އަދަދެއްގައި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީން ލަފާކޮށްފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ ދުވާލަކަށް 30 މީހުން ބައްޔަށް ޕޮސިޓިވްވުމަކީ ދަށް އަދަދެއް ކަމަށެވެ. އެއީ ބޭސްލައިން ކަމަށް ޑރ އަފްޒަލް ފާހަގަކުރެއްވި އެވެ.

"މިހާރު ޕޮޒިޓިވްވާ 30 - 40 އަކީ ވެސް ދަށް އަދަދެއް. އަޅުގަނޑުމެންގެ ބޭސް ލައިނަކީ ވެސް އެއީ. ގައުމެއްގެ އާބާދީ އަށް ބަލާއިރު އަދި މާލޭގެ އާބާދީ އަށް ބަލާއިރު ވެސް 50 އިން ދަށް އެއީ ބޭސްލައިން." އަފްޒަލް ވިދާޅުވިއެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިިހެނުންކަމުން، ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައިވެސް ގިނައީ ފިރިހެނުންކަމަށް ޑރ. ވިދާޅުވި އެވެ.

މާލެ ސަރަހައްދު މިހާރު ފުރަބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުން ކޮވިޑްއަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭ ކަމުގައި ޑޮކްޓަރ އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ މިހާރު މި އޮތް ފުރަބަންދުގެ މުއްދަތު ނިމުމުން ކޭސްތައް ފެންނަމުންދާ މިންވަރު މާ ބޮޑަށް އިތުރުވާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށެވެެ.

މިހާރު މި އޮތް ފުރަބަންދަށް ފަހު މަޑުމަޑުން ލުއި ދޭން ފަށާނީ ވަކި ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި އަދި ފޭސް ދޭކަށް ދާނީ ފޭސް އެެކެއްގައި ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލް ވުމުން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން