ނަފާ ނަސީމް
ނަފާ ނަސީމް
ހިތުހުރި ކޮންމެއެއްޗެއް ގޮވުމަކީ މިނިވަންކަމެއް ނޫން ކަމަށް އިޤްތިޞާދީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، ކަނޑައެޅިގެން ކޮންސަބަބަކާހުރެ ކަމެއް އޭނާ ހާމަކުރަށްވާފައެއް ނުވެއެވެ.



ނަފާ ނަސީމް ވިދާޅުވީ ބައެއްމީހުން ގަބޫލުކުރާގޮތުގައި ކޮންމެ މީހަކަށް ކޮންމެ ކަމެއް ކުރެވެންވާނެ ކަމަށެވެ. އަދި ކޮންމެތާކު އުޅެވެންވާނެ ކަމަށާއި ކޮންމެ އެއްޗެއް ގޮވެންވެސްވާނެ ކަމަށް އެމީހުން ދެކޭ ކަމަށް ނަސީމް ވިދާޅުވިއެވެ. އެފަދަ މީހުންގެ ނަޒަރުގައި އެއީ މިނިވަންކަމާއި އިންސާފު ކަމަށް ނަސީމް މިއަދު ވިދާޅުވިއެވެ.

"އެކަމަކު ހަގީގަތަކީ އެއީ ބޭއިންސާފު! އެއީ ޖަންގަލީގެ އުސޫލު." ނަސީމް ވިދާޅުވެފައިވެއެވެ.



ނަސީމް އިތުރަށް ވިދާޅުވީ ސިޑިން މައްޗަށް އެންމެނަށް އެއްފަހަރާ ނޭރޭނެ ކަމަށެވެ. އެގޮތުން އެއްބަޔަކު ސިޑީގެ މަތީހަރުފަތުގައި، އަދި އަނެއްބަޔަކު ތިރީހަރުފަތުގައި ތިބުމަކީ ބޭއިންސާފު ނޫން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

"އެއަށްކިޔަނީ ތަރުތީބެވެ. އެގޮތުން ހުރިހާކަމެއް އެންމެނަށް އެއްފަހަރަކާ އެއްވަގުތަކު ނުކުރެވޭނެއެވެ." ނަސީމް ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެއްވަމުން ނަސީމް ވިދާޅުވީ ތަރައްގީވަމުންދާ ހަލުވި ބާރުމިނަށްވުރެ ތަރައްގީވަމުންދާ މިސްރާބު މާ މުހިއްމު ކަމަށެވެ. ބާރަށް ކުރިއަށް ދިއުމަށްވުރެ ރަގަޅު މިސްރާބަކަށް ކުރިއަށް ދިއުން މާމުހިންމު ކަމަށްވެސް ނަސީމް މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު