އަނިޔާވެރިކަމަށް ރުހިގެން އަބަދު ދިވެހީން ނުތިބޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ޕީޕިއެމްގެ އޮފީސް ކައިރީގައި ބޭއްވި އިންޑިޔާ އައުޓް ހަރަކާތުގައިވެސް ފުލުހުން ވަނީ ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެެވެ.
އެކަމާ ގުޅިގެން އަދުރޭ ވަނީ އޯގާތެރި ސަރުކާރެއްގެ، ހެޔޮ ވެރިކަމެއްގެ ސިފަތަކަކީ މުޒާހަރާކުރާ ރައްޔިތުން ހައްޔަރު ކުރުންތޯ ސުވާލު އުފައްދަވާފައެވެ. އަދި އަނިޔާވެރިކަމަށް ރުހިގެން އަބަދު ދިވެހީން ނުތިބޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އަނިޔާވެރިކަމަށް ރުހިގެން އަބަދު ދިވެހީން ތިބެދާނެކަމަށް ހީފުޅުވަނީތޯ؟ ތާރީޚް ދިރާސާކޮށްލައްވަންވީ ނޫންތޯ؟" އަދުރޭ ވިދާޅުވެފައިވެއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ދިވެހިން ދެން ވޯޓްލާނީ ގައުމުގެ ޚާއިނުންނާ ޣައްދާރުންނާ ދެކޮޅަށް ކަމަށެވެ. އޭގެ އިތުރުން ދީނާ މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ތެދުވާނެ ކަމަށާއި އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ދިވެހިން ނުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" ހަރަކާތް ބޭއްވުމުގެ ފުރުސަތު ނުދޭން ނިންމާފައެވެ. ނަމަވެސް ރައީސް ޔާމިން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން "އިންޑިޔާ އައުޓް" ހަރަކާތް ވަނީ ވަރުގަދަކޮށް އިތުރަށް ފުޅާކޮށްފައެވެ.

ރައީސް ސޯލިހަށް: މި ފެންނަނީތޯ އޯގާތެރި ސަރުކާރެއްގެ،ހެޔޮ ވެރިކަމެއްގެ ސިފަތަކަކީ؟މި މަންޒަރު ފެނުނީމާ މަނިކުފާނަށް ރޮވެނީތޯ ނުވަތަ ހެވެނީތޯ؟އަޅެ ވިދާޅުވެ ބައްލަވާ!އަނިޔާވެރިކަމަށް ރުހިގެން އަބަދު ދިވެހީން ތިބެދާނެކަމަށް ހީފުޅުވަނީތޯ؟ތާރީޚް ދިރާސާކޮށް ލައްވަންވީ ނޫންތޯ؟#IndiaOut pic.twitter.com/y8dR9UZTMs
— Abdul Raheem Abdulla (@Banafsaa) January 8, 2022
އަދުރޭ އިތުރަށް ވިދާޅުވީ ދިވެހިން ދެން ވޯޓްލާނީ ގައުމުގެ ޚާއިނުންނާ ޣައްދާރުންނާ ދެކޮޅަށް ކަމަށެވެ. އޭގެ އިތުރުން ދީނާ މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ތެދުވާނެ ކަމަށާއި އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ދިވެހިން ނުވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" ހަރަކާތް ބޭއްވުމުގެ ފުރުސަތު ނުދޭން ނިންމާފައެވެ. ނަމަވެސް ރައީސް ޔާމިން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން "އިންޑިޔާ އައުޓް" ހަރަކާތް ވަނީ ވަރުގަދަކޮށް އިތުރަށް ފުޅާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު