ދޮށީއުމުރުގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިތުރު ތަމްރީން ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މި މޭރުމުން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުން ކ. ގުރައިދޫގައި ބަލަހައްޓަމުން ގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީއާއި، އޭޖްޑް ކެއަރ މޯލްޑިވްސް އާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ދޭ ޚިދުމަތްތުގެ ފެންވަރު ރަނގަޅުވެ، އެމީހުން ބެލެހެއްޓުމަށް ތިއްބަވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ހަމަޖެހިފައިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިފަދަ ޕްރޮގްރާމަކީ ހުރިހާ ފަރާތްތަކަށްވެސް ނުހަނު ބޭނުންތެރި ޕްރޮގްރާމެއް ކަމަށްވުމާއެކު، އޭޖްޑް ކެއަރއާއިއެކު ވި މި އެއްބަސްވުމުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުންދޭ ޚިދުމަތްތަކަށް، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އޭޖްޑް ކެއަރ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެންޑް ފައުންޑަރ، ޑރ. އާމިނަތު ޖަމީލް ވިދާޅުވީ މި އެމް.އޯ.ޔޫގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިންވެސް ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމަކަށްވާއިރު، މިއީ ރަނގަޅު ފެށުމެއް ކަމަށް ޑރ. އާމިނަތު ޖަމީލް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ކ. ގުރައިދޫ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޔޫޝައު ޝިހާން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންނަށް މިހާތަނަށް އައި އިރުވެސް މިދާއިރާއިން މިފަދަ އެއްވެސް ޕްރޮގްރާމެއް ހިންގިފައި ނެތް ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ރަނގަޅު ފެށުމެއްކަމަށް ޔޫޝައު ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީގައި، މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ އެވެ. އޭޖްޑް ކެއަރ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރ، ޑރ. އާމިނަތު ޖަމީލެވެ.
މި އެމް.އޯ.ޔޫ. ގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެއަރގިވާރސް ގެ ހުނަރު އިތުރުކުރުމަށް، ކޮންމެ 4 މަހަކުން އެއްފަހަރު ތަމްރީން ހިންގުމާއި، ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުންނާއި މަޝްވަރާކޮށް ފިޒިއޮތެރަޕީ/ ކަސްރަތު އަދި އެހެނިހެން ހަރަކާތްތައް ޤަވާއިދުން ހިންގޭނެ ތާވަލެއް ހެދުމުގައި އެހީތެރިވެދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ރެކްރިއޭޝަންގެ ޙަރަކާތް ރޭވުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޑައިޓީޝަނެއްގެ އެހީގައި ފައިދާ ހުރި ޑަޔަޓް ޕްލޭނެއް ހެދުން އަދި ކޮންމެ 3 މަހަކުން ރިވިއު ކުރުން ފަދަ ކަންކަން ވަނީ ހިމަނާފަ އެވެ.
1 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެމް.އޯ.ޔޫގެ ދަށުން އެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކޮށް ރައްކާތެރި ހިތްހަމަޖެހޭ މާހައުލެއް ގާއިމް ކުރެވިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު