މާލޭގައި 50 މީހުންނަށްވުރެ ގިނަމީހުން ޖަމާވާގޮތަށް ހަފްލާތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގައިފިއެވެ.
"އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި މާލޭ ސަރަޙައްދުގައި ކޮވިޑް ފެތުރޭ ނިސްބަތް އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި މިއަދު ބުނެފައިވަނީ 10 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން މާލޭ ސަރަޙައްދުގައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމަށް އަންގާ ކަމަށެވެ.
އަދި 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަފްލާތަކާއި އިވެންޓްތައް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށްވެސް ވަނީ އަންގާފައެވެ. އޭގެ އިތުރުން މަގުމަތީ ބާޒާރުތައް ނުބޭއްވުމަށާއި، ކުޅިވަރު މުބާރާތްތައް ކުޅިބަލާ މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށްވެސް އެޗްޕީއޭ އިން އަންގާފައިވެއެވެ.
ހަމައެއާއެކު އެޗްޕީއޭގެ އިޢުލާނާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭގެ އުސޫލުތައް ހަރުކަށިކޮށްފައިވާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 337 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 101 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ.

ކިޔުންތެރިންގެ ހިޔާލު