ދަރިވަރުން ސްކޫލެއްގެ ތެރޭގައި މާސްކް އަޅައިގެން
ދަރިވަރުން ސްކޫލެއްގެ ތެރޭގައި މާސްކް އަޅައިގެން
ސްކޫލްތަކުގެ ތެރޭގައި ކުދިންނާއި މުވައްޒަފުންވެސް މާސްކް އަޅައިގެން އުޅުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސްކޫލުތަކަށް ފޮނުއްވާފައިވާ ސާކިއުލާއެއްގައި އަންގަވާފައިވަނީ ސްކޫލު ތެރޭގައި ދަރިވަރުންނާއި މުވައްޒަފުންވެސް މާސްކް އަޅައިގެން އުޅުމަށާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭން ބޭރުން އަންނަ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެ އައިސް ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމަށްވެސް ސަރކިއުލާގައިވެއެވެ. ހަމައެއާއެކު މޮނިޓަރިންގައި އޮތް ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު މާލެ އަތުވެއްޖެނަމަ ގިނަވެގެން ހަތަރު ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމަށްވެސް ވަނީ އަންގާފައެވެ.

ސަރކިއުލާގައިވާ ގޮތުން ސްކޫލު ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއި ހެދުންވެސް ވަނީ މަނާކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މި ފިޔަވަޅުތަކަށް އަމަލުކުރަން ރަސްމީކޮށް ފަށާނީ ސްކޫލުތަކުގެ ފުރަތަމަ ޓާމްގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން