އައްޑޫ ފްލައިން ސްކޫލްގެ ކިޔެވުން މާދަމާ ފެށުމަށް ނިންމައިފިއެވެ.
"މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ"ގެ ނަމުގައި ރާއްޖޭގެ ގައުމީ ފްލައިންގ ސްކޫލްގެ ކިޔެވުން މާދަމާ ފަށާއިރު އެ ސްކޫލްގައި ހިންގާ ރިފްރެޝިން ކޯހަށް ދައްކަންޖެހޭ ފައިސާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ލޯނުގެ ގޮތުގައި ދަރިވަރުންނަށް ދޫކުރަން ވަނީ ނިންމާފައެވެ.
އައްޑޫ ފްލައިންގ ސުކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް ނުކިޔެވި އެތައް ދުވަހެއް ވެފައިވާއިރު ފްލައިންގ ސުކޫލް ހިންގުމާ އައިލެންޑް އޭވިއޭޝަނުން ވަނީ ހަވާލުވެފައެެވެ. މިފްލައިންގ ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ދަށުންނެވެ.
އެ ކުންފުނިން ވަނީ ފުރަތަމަ ދަރިވަރުންނަށް ރިފްރެޝިން ކޯހެއް ހިންގުމަށް ނިއްމާފައެވެ. އެއީ ދަރިވަރުން ޓްރެއިނިންއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުގެ ސަބަބުން ދަރިވަރުންނަށް ތަމްރީނު ލިބިފައިހުރި މިންވަރު ވަޒަންކުރުމުގެ ގޮތުން ހިންގާ ކޯހެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.
މިސްކޫލުން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމައިފައިވާއިރު، ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފައެވެ.
ފްލައިން ސްކޫލުގެ ކިޔެވުން ފަށާއިރު އެންމެ ފުރަތަމަ އިސްކަމެއްދޭނީ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލުން ތަފާތު ސަބަބުތަކާހެދި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށްކަމަށާއި، އެ ދަރިވަރުންގެ ކޯސް ފީގެ އަގުތަކަށްވެސް ދެވެންހުރި ލުއިތައް ދެމުންދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ވަނީ ވިދާޅުވެފައެވެ. މިސްކޫލުން ފުރަތަމަ ދޭން ހަމަޖެހިފައިވަނީ ފްލައިން ޓްރެއިނިންގއެވެ. އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި އިތުރު ޕްރޮގްރާމްތައް ތައާރަފް ކުރެވިގެންދާނެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގާފައިވަނީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވެ ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު