އެޗްއާރުސީއެމްގެ މެމްބަރުން
އެޗްއާރުސީއެމްގެ މެމްބަރުން
ހޮސްޕިޓަލްތަކުގައި ހަމަނުޖެހުން އުފެދޭ ޢަމަލުތައް ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެޗްއާރުސީއެމުން ގޮވާލައިފިއެވެ.

އެޗްއާރުސީއެމުން މިރޭ ބުނެފައިވަނީ ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަން ކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް އާއްމު ސިއްހަތުގެ މިނާޒުކު ހާލަތުގައި ހޮސްޕިޓަލްތަކާއި އެނޫންވެސް އާއްމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.



އެޗްއާރުސީއެމުން ބުނީ އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ސުލަހަވެރި ކަމާއިއެކު ކަމަށެވެ. އަދި ހައްގުތައް ބޭނުން ކުރުމުގައި އަނެކާގެ ހައްގަށް އިހްތިރާމްކޮށް ކޮވިޑް ފެތުރެމުންދާ މިނާޒުކު ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތައް އެންމެހާ ފަރާތަކުން އަމަލު ކުރުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ އެއްވުންތައް ޢާއްމުކޮށް މޮނިޓަރ ކުރާކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނެފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހު ފަތިހު ހުށައެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމިޝަންގެ ޓީމެއް އައިޖީއެމްއެޗަށްގޮސް އަނިޔާވިކަމަށް ބުނާ މީހާގެ ޙާލަތު ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން