އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ކޮމަންޑޫ ދާއިރާ ތަރައްގީކުރުމަށް އިދިކޮޅު ކެންޑިޑޭޓެއް ހޮވުމުގެ ބޭނުމެެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރަށްވާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕޭނު ޕޯސްޓަރެއް ޓްވިޓާގައި ޙިއްސާ ކުރަށްވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ އެމްޑީޕީގެ ވާދަވެރިންގެ ތަސައްވުރަކީ މާލެ ސަަރަހައްދަށް މީހުން ޖަމާކުރުން ކަމަށެވެ. އަދި ރަށެއްގެ ތަރައްގީ އެއީ އެ މީހުންގެ ވިސްނުމެއް ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ކޮމަންޑޫ, ފޯކައިދޫ އަދި މަރޮށި ތަރައްގީކުރުމަށް އެ މީހުންގެ މީހަކު ހޮވުމުގެ ބޭނުމެެއް ނެތް. އެންމެންގެ ވޯޓު ތިލަފަތަށް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު އެމްޑީޕީން އެންމެފަހުން ބޭއްވި ކެމްޕޭން ޖަލްސާގައިވެސް ރައީސް ނަޝީދު ވިދާޅުވީ އެންމެންގެ ވޯޓު އަނެއްކާވެސް އެމްޑީޕީއަށްދީ ރާޝިދު މިފަހަރު ހޮވަންޖެހޭ ކަމަށެވެ.

އަދި މި އިންތިޚާބުގައި ވާދަކުރާ އެހެން ކެނޑިޑޭޓުންގެ އެއްވެސް ސިޔާސަތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކު އެމްޑީޕީގެ ސަރުކާރު ނޫން ސަރުކާރެއް މުޅި ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ނުކުރާނެ ކަމަށާއި އިދިކޮޅުގެ ވިސްނުމަކީ ހަމައެކަނި މާލޭ ސަރަޙައްދު ތަރައްޤީކުރުން ކަމަށް ރައީސް ނަޝީދު އެޖަލްސާގައިވެސް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު އޮންނާނީ އަންނަ ފެބްރުއަރީމަހުގެ 05 ގައެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މިދިޔަ ތިން ދައުރުގައި ފޯކައިދޫ ކައުންސިލްގެ ރައީސްކަމާއި, އެމްޑީީޕީ ކޮމަންޑޫ ދާއިރާގެ ރައީސްކަން ކުރައްވާ މުޙައްމަދު ރާޝިދެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު