މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ
ރާއްޖޭގެ ޖުމްލަ ރިޒާވް 791 މިލިއަން ޑޮލަރަށް ދަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ޢާއްމު ކޮށްފައިވާ ރާއްޖޭގެ އިޤްތިޞާދީ އަދާހަމަ އުސްއަލިތަކުގައި ވާގޮތުން ޑިސެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައިހުރީ 791 މިލިއަން ޑޮލަރެވެ. ނަމަވެސް ނޮވެމްބަރ މަސް ނިމުނުއިރު ރިޒާވްގައި 943 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން މިއީ 152 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ނަމަވެސް 2020 ވަނަ އަހަރު ރިޒާވްގައި ހުރި 629.9 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ ކުރިއެރުމެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 912.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރިޒާވް އަށެއް އިންސައްތަ އިތުރުވެފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ރިޒާވް ހުރީ 844.7 މިލިއަން ޑޮލަރުގައެވެ.

އެމްއެމްއޭ އިން ރާއްޖޭގެ ޖުމްލަ ރިޒާވް އާއްމު ކުރިނަމަވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވް އާއްމު ކުރުން އެމްއެމްއޭއިން ވަނީ ހުއްޓާލާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން