ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއާރ ޑރ އަހުމަދު ޝަހީދު
ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއާރ ޑރ އަހުމަދު ޝަހީދު
ފެނާއި ކަރަންޓާއި ނަރުދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ޙާސިލްކުރި ބޮޑު ކާމިޔާބީއެއްކަމަށް ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދގެ ހާއްސަ ރެޕަޓުއާރ ޑރ އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާތްގަނޑަކަށް ރާއްޖޭގައި ހުރިހާ ހިސާބެއްގައިހެން ސާފު ބޯފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމް ގާއިމްކުރެވިފައިވާކަމަށެވެ. އަދި މިއީ ރައްޔިތުން ބާރުވެރިކޮށް، އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށްގެން ލިބޭ ޑިމޮކްރަސީގެ ފޮނި މީރުކަން ކަމަށް ޑރ.ޝަހީދު ސިފަކުރެއްވިއެވެ.

ޑރ. ޝަހީދުގެ ޓްވީޓްގައި ވަނީ މިކާމިޔާބީއަށް ރައީސް ސާލިހުއާއި ރައީސް ނަޝީދަށް މަރުހަބާ ދަންނަވާފައެވެ. އަދި ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށްވެސް މިފަދައިން މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ކުޑަ ބޮޑު ރަށެއް ތަފާތެއް ކުރުމެއް ނެތި ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ކަރަންޓާއި ނަރުދަމާ ގާއިމްކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެ އަމާޒުގެ ތެރެއިން ރައީސް ސާލިހުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި މިކަންކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު