މިދިޔަ އަހަރު ފަނޑިޔާރުންގެ 404 މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ހުށައެޅި ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
ޖޭއެސްސީން ޢާއްމުކޮށްފައިވާ އެ ކޮމިޝަންގެ އަހަރީ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި އެކޮމިޝަނަށް ހުށަހައަޅާފައިވަނީ 404 މައްސަލައެވެ. މީގެ ތެރެއިން 395 މައްސަލަ ބެލުމަށް މައްސަލަބަލާ ކޮމިޓީން ނިންމާފައިވެއެވެ.
2020 ވަނަ އަހަރުގެ އަހަރީ ބާކީއާއެކު މިދިޔަ އަހަރު ނިމުނުއިރު އެ ކޮމިޝަނުގައި ގޮތެއް ނުނިމި އޮތީ 42 މައްސަލައެވެ. 2021 ވަނަ އަހަރު 88 މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާއިރު 33 މައްސަލައިގެ ތަޙްޤީޤު ވަނީ ނިންމާފައެވެ.
2021 ވަނަ އަހަރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 01 ފަނޑިޔާރެއްގެ މައްސަލަ އެވެ. އޭގެ އިތުރުން 14 ފަނޑިޔާރަކަށް ސުލޫކީ ފިޔަވަޅު ވަނީ އަޅާފައެވެ.
2021 ވަނަ އަހަރު ފަނޑިޔާރުންނާ ގުޅުންހުރި 18 މައްސަލައެއް ސާބިތުނުވާކަމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު