ރާއްޖޭގެ ރިީީީީީިިިީީސޯޓެއް- ފަތުރުވެރިކަން ހުއްޓުމާއެކު އެދާއިރާގެ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި
ރާއްޖޭގެ ރިީީީީީިިިީީސޯޓެއް- ފަތުރުވެރިކަން ހުއްޓުމާއެކު އެދާއިރާގެ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި
ކޯވިޑް-19 ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި 69 މީހަކަށް އިނާޔަތް ދޭން ފަށައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 69 ފަރާތަަކަށް މިހާރު އެލަވަންސް ދީފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް، ގާތްގަނޑަކަށް 290131 ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

"ވަޒީފާ ގެއްލި އިނާޔަތް ކުޑަކުރި މީހުންގެ ތެރެއިން މިހާތަނަށް އަޅުގަނޑުމެން ވާނީ 69 މީހަކަށް 290131 ރުފިޔާގެ ފައިސާ ދޫކޮށްފަ. އެދިފައިވާ އެހެން މީހުންގެ ތެރެއިން ފޯމްތައް ސައްހަ ކުރުމަށްފަހު އިތުރު މީހުންނަށްވެސް ފައިސާ ދޫކުރެވެމުންދާނެ." ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން ކުރަމުންދާ ހޭދަތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯދައި ދިނުމަށް ކުރަމުންދާ ހޭދަތަކެއްކަމަށެވެ. މި ޙާލަތާއި ގުޅިގެން އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތަކީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވައި މިކަމުން އަރައިގަތުމަށް ބޭރުގެ އެކި ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާލަތާއި ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކުވެސް ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވަޒީފާގެ ގެއްލުންތައް ކުރިމަތިވި މީހުންގެ އިތުރުންވެސް ބޭންކުތައް މެދުވެރިކޮށް ލޯންއެހީތެރިކަން ފޯރުކޮށް ދެއްވަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން