އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ކިޔެވުންވެސް އާދީއްތަ ދުވަހު ވަގުތީ ޢިމާރާތުގައި ފަށާނެ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އަރަބިއްޔާ ހިންގަމުންދިޔަ ޢިމާރާތުގައި ރެނދުލައި އެޢިމާރާތުގެ ރައްކާތެރިކަން ކުޑަވުމާ ގުޅިގެން ސުކޫލު ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޢިމާރާތުގައި ކްލާސް ރޫމްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ޢަރަބިއްޔާގެ ވަގުތީ ޢިމާރާތް މިއަހަރުގެ ދިރާސީ ދެވަނަ ޓާރމްގެ ކިޔެވުން ފެށުމާއެކު ބޭނުންކުރެވޭނެ ވަރަށް ތަރައްޤީ ކުރަމުން ގެންދާއިރު އެ މަސައްކަތްތައް ބައްލަވާލެއްވުމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢައިޝަތު ޢަލީ ވަނީ އެ ސްކޫލަށް ޒިޔާރަތް ކުރަށްވާފައެވެ. ސިފައިންނާއި ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކެއްގެ އެހީތެރިކަމާ އެކު ކުރިޔަށްދާ މި މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ ތަވާލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، ޖެނުއަރީ 16 ވާ އާދިއްތަ ދުވަހު ޢަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި ފެށޭނެ ކަމަށެވެ.
2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކުރި ޢަރަބިއްޔާގެ އާ އިމާރާތް ބޭނުންކުރަންފެށީ 2013 ވަނަ އަހަރުއެވެ. ނަމަވެސް އެ އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އެމަައްސަލައިގައި އަރަބިއްޔާގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބުނީ ރައީސް ޞާލިޙާއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.
އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތުގެ އެންމެ ފަހުގެ އަޕްޑޭޓް ބައްލަވައިލެއްވުމަށް މިނިސްޓަރ @aisthly މިއަދު އެ އިމާރާތަށް ޒިޔާރަތްކުރެއްވުން.
— Ministry of Education (@MoEdumv) January 10, 2022
1/2 pic.twitter.com/Ej6EONv6nx
2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކުރި ޢަރަބިއްޔާގެ އާ އިމާރާތް ބޭނުންކުރަންފެށީ 2013 ވަނަ އަހަރުއެވެ. ނަމަވެސް އެ އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ. އެމަައްސަލައިގައި އަރަބިއްޔާގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބުނީ ރައީސް ޞާލިޙާއެކު ބޭއްވި ބައްދަލުވުމަށް ފަހުއެވެ.
އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު