އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަބުދުﷲ ޝާހިދު (މ) ކެމްޕޭނުގައި
އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަބުދުﷲ ޝާހިދު (މ) ކެމްޕޭނުގައި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށްލުމުގެ ފިކުރު ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަށްވާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދު ކެމްޕޭނުގައި އެ ދާއިރާގެ މަރޮށީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށްލުމުގެ ފިކުރު ކަމަށާއި މި އިންތިޚާބުގައި އެ ފިކުރު ބަލިކުރަން ޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ މި އިންތިޚާބަކީ އެދާއިރާގެ ރައްޔިތުންވެސް އަދި ސަރުކާރާއި އެމްޑީޕީންވެސް ބޭނުންވި އިންތިޚާބެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޙާލަތު މިއަދު މަޖުބޫރު ކޮށްފައިވަނީ އެހެން ގޮތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެ އިތުރުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ވިސްނުން ޕީޕީއެމްގައި ނެތްކަމަށެވެ. އަދި އެއީ ޕީޕީއެމްގެ ވެރިކަމުގައި ފެންނަން އޮތް ޙަޤީޤަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޕީޕީއެމް ބޭނުންވަނީ ރާއްޖޭގެ ރަށްތައް ފަޅުކޮށްލާފަ އެރަށްތައް ވިއްކާލަން." ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު އަލްމަރުޙޫމް ޙުސައިން ވަޙީދުގެ ހިތްވަރުފުޅު ގަދަކަމާ ދާއިރާގެ ރައްޔިތުންނަށް ހުރި ލޯތްބާ ތަރައްޤީއަށް ކުރެއްވި މަސައްކަތް ފެންނަން ހުރިކަމަށެވެ. އެގޮތުން ތަރައްޤީގެ މަޝްރޫޢެއް ކުރިއަށްނުދާ އެންމެ ރަށެއްވެސް އެ ދާއިރާގައި ނެތް ކަމަށާއި އެ މަޝްރޫޢުތައް އިތުރަށް ކުރިއަށް ގެންދިއުމަށް އަނެއްކާވެސް އެ ގޮޮނޑިއަށް އެމްޑީޕީގެ ކެނޑިޑޭޓެއް އިންތިޚާބު ކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

"އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކާ އެމްޑީޕީގެ ފިކުރުގެ ރާޝިދަށް އަޅުގަނޑުމެން އެންމެން ވޯޓުދީ، ބޮޑުތަނުން ޕީޕީއެމްގެ ފިކުރު، ރާއްޖޭގެ ރަށްތައް ފަޅުކޮށްލުމުގެ ފިކުރު، ރާއްޖޭގެ ރަށްތައް ވިއްކާލުމުގެ ފިކުރު ބަލިކޮށްލަންވީ." މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވިއެވެ.



އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެމެރިކާގައި އުޅުއްވާ ޝާހިދު ރާއްޖެ ވަޑައިގަތީ ޗައިނާގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ދިމާކޮށެވެ. އަދި ޗައިނާގެ ހާރިޖީ ވަޒީރުގެ ދަތުރުފުޅަށްފަހުވެސް ޝާހިދު ގެންދަވަނީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުތައްވެސް އަދާކުރައްވަމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބު އޮންނާނީ އަންނަ ފެބްރުއަރީމަހުގެ 05 ގައެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މިދިޔަ ތިން ދައުރުގައި ފޯކައިދޫ ކައުންސިލްގެ ރައީސްކަމާއި، އެމްޑީީޕީ ކޮމަންޑޫ ދާއިރާގެ ރައީސްކަން ކުރައްވާފައިވާ މުޙައްމަދު ރާޝިދެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ޔާމިން

15-Jan-2022

ފަތުހީހޮވަންޖެހޭ ރާއްޖެމިނިވަންކުރަންބޭނުމިއްޔާ ރައްޔިތުންނޭ ހޭއަރާ


-17

ނަސްރީނާ

15-Jan-2022

ފަތުހިީއަށްއެމްމެންގެވޯޓް އިންޑިޔާއައުޓް


-8

ބެއްޔާ

13-Jan-2022

ޜުނޑިޔާ!! ކަލޭ ތީ ކާކު?? ތިޔައީ ފައިސާއަށް އަމިއްލަ ނަފްސު ވިއްކާލާފައިވާ ހިމާރެއް. ޢިރާދަ ކުރެއްވިއްޔާ ހުތުރު ގޮތަކަށް ބަލިވެގެންދާނެ!!