ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ސަރުކާރުން ކުރަމުންދަނީ "ބައި ގޮނޑިއަށް" ކުރާ ޒާތުގެ ކެމްޕޭނެއް ނޫން ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު ސަރުކާރުގެ އިސްބޭފުޅުން ހިމެނޭ ޓީމެއް ކޮމަންޑޫއަށް މިއަދުވަނީ ވަޑައިގެންފައެވެ.
އެކަމާ ގުޅީގެން ޝަރީފް މިއަދު ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުންދަނީ އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ކޮށްދެމުންދާ ކެމްޕޭނެއްގެ ވައްތަރެއްނުޖަހާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުން މިހާރު ޖަހަމުންދާ ސަކަރާތުން ފެންނަނީ 2023 ގައި ރައީސް ސާލިހާއި، ޔޭއެންގެ ޖެނެރަލް އެސެންބްލީގެ ރައީސް އަދި ފޮރިން މިނިސްޓަރު ޝާހިދުގެ ރިޔާސީ ކެމްޕޭނުގެ މަންޒަރު ކަމަށެވެ. އޭގެ އިތުރުން އެންމެ ދާއިރާއެއްގެ ބައި ގޮނޑިއަކަށް މުޅި ސަރުކާރު ސަމާލުވެފައިވާތީ ސަރުކާރަށް އޮތް ތާޢީދާމެދު ވެރިންގެ ހިތުގައި ސުވާލު އުފެދިފައިއޮތް މިންވަރު ސާފުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
"ސަރުކާރުން ރަސްމީކޮށް ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕޭން ފެށީތޯ" ޝަރީފް ސުވާލު އުފައްދަވާފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

Sarukaarun rasmeekoh raees @ibusolih ge riyasee campaign fetteveethoa ?
— Ahmed Shareef (@shar_f) January 12, 2022
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރާއިރު ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ލިބިވަޑައިގެންނެވިއިރު އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ތިނެކެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު