ބިމު ކުލި ފަސް ކުރުމުން މިއަހަރު ދައުލަތަށް 900 މިލިއަން ރުފިޔާ ގެއްލިގެންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކުން ދޫކޮށްފައިވާ ބިމު ކުލީގެ ގޮތުގައި މިއަހަރު 1.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި ކަމަށާއި ނަމަވެސް ކޯވިޑް-19 ގެ ސަބަބުން މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރެވެނީ 800 މިލިއަން ރުފިޔާ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ތަފާތު އެކި ތަންތަން ކުއްޔަށް ދީގެން ލިބޭ އާމްދަނީ އަކީ އެންމެ ބޮޑުކޮށް ދައުލަތަށް ލިބޭ އާމްދަނީ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ލަފާ ކުރަނީ ބިމު ކުލީގެ ގޮތުގައި ލިބޭނީ 800 މިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ފަސްކޮށްދޭ ލޭންޑް ރެންޓަކީ އަންނަ އަހަރުގެ ތެރޭގައި ލިބޭނެ އެއްޗެއް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ދާދިފަހުން ރައީސް އިބްރާހީމް ޞާލިޙް ވިދާޅުވެފައިވަނީ ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުން ދައުލަތަށް ދައްކަން ޖެހޭ ހަ މަސް ދުވަހުގެ ބިމު ކުލި ދެއްކުން ފަސްކޮށްދޭން ނިންމައިފައިވާ ކަމަށެވެ. އޭގެއިތުރަށް ވެސް ފިނޭންސް މިނިސްޓްރީއިން ކުއްޔަށް ދީފައިވާ އެކި ބިންތަކުގެ މަހު ކުލި ދެއްކުން ހަ މަހަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު