ކުޑަކުދިންގެ ހިޔާ
ކުޑަކުދިންގެ ހިޔާ
އާއިލާއިން ޙަވާލުވާން ބޭނުންނުވި 23 މީހަކު ގުރައިދޫ މަރުކަޒުގައި އެބަތިބި ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސުން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު ބުނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދޭ މަރުކަޒުގައި، ފަރުވާ ނިމި އާއިލާއިން ހަވާލުނުވެ ތިބި 23 މީހުން އެބަތިބި ކަމަށެވެ. އެހެންކަމުން އެމީހުންނަށް ހާފްވޭ ހައުސެއްގެ ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ހަމަޖައްސައި އެތަނަށް އެމީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑާރ މިނިސްޓަރީން ވަނީ ބުނެފައެވެ.

ޖެންޑަރ މިނިސްޓްރީން މި މޭރުމުން ބުނެފައިވާއިރު އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރި ޒިޔާރަތުގައި ވަނީ 14 ޑިޓެންޝަން ސެންޓަރަކަށް ޒިޔާރަތްކޮށް، 85 މީހަކާއި އިންޓަވިއުކޮށްފައެވެ. އެ އޮބްޒަވޭޝަނަށްފަހު އެ ގްރޫޕުންވަނީ ރާއްޖޭގެ ޑިޓެންޝަން މަރުކަޒުތަކުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް ރިޕޯޓެއްވެސް ޢާއްމުކޮށްފައެވެ.

އެރިޕޯޓުގައިވާ ގޮތުން ސަރުކާރުން އޭރު ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ހަތަރުމަސްތެރޭ ވިލިމާލޭގައި ހާފްވޭ ހައުސެއް ހަދައި އެތަނަށް ގުރައިދޫ މަރުކަޒުގައިތިބި މީހުންގެ ތެރެއިން ޢާއިލާއިން ޙަވާލުނުވެތިބި މީހުން ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ރިޕޯޓް ރަސްމީކޮށް އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން