ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އޮމިކުރޯން ދަތުރުކުރާނެ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރަށްރަށުން ކޯވިޑް-19 ގެ ބަލި ޖެހިފައިވާ މީހުން ފެންނަ މިންވަރު އިތުރުވަމުން ދިއުމާގުޅިގެން ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އޮމިކުރޯން ދަތުރުކުރާނެ ކަމަށެވެ. އަދި ހުރިހާ އެންމެންވެސް ކޮވިޑަށް ހުށަހެޅޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"މަސައްކަތްކުރަންވީ އެ ނުޖެހި ސަލާމަތްވެވޭތޯ! ރައްކާތެރިކަމުގެ ފިޔަވަޅުއަޅާ ދުޢާކުރަމާ!" ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިހާތަނަށް އޮމިކްރޮން ވޭރިއަންޓް ޖެހިފައިވާ 8 ދިވެހިން ފާހަގަވެފައިވާ ކަމަށެވެ. އޮމިކްރޯން ކޭސްތައް ފެނިފައިވަނީ ކުޑަހުވަދޫއިން އެއް ކޭސް މާފުށިން ތިން ކޭސް އަދި މާލެއިން ހަތަރު މީހުންނެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރި 19 ފަތުރުވެރިއްގެ ގައިންވެސް މި ވޭރިއަންޓު ވަނީ ފެނިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނީ "އޮމިކްރޯން" ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އޮމިކުރޯން ދަތުރުކުރާނެ
— Ahmed Faisal (@Faisalnaifaru) January 12, 2022
އެންމެން އެއަށް ހުށަވެސް ހެޅޭނެ
މަސައްކަތްކުރަންވީ އެ ނުޖެހި ސަލާމަތްވެވޭތޯ
ރައްކާތެރިކަމުގެ ފިޔަވަޅުއަޅާ ދުޢާކުރަމާ!
އެޗްޕީއޭއިން ބުނެފައިވަނީ މިހާތަނަށް އޮމިކްރޮން ވޭރިއަންޓް ޖެހިފައިވާ 8 ދިވެހިން ފާހަގަވެފައިވާ ކަމަށެވެ. އޮމިކްރޯން ކޭސްތައް ފެނިފައިވަނީ ކުޑަހުވަދޫއިން އެއް ކޭސް މާފުށިން ތިން ކޭސް އަދި މާލެއިން ހަތަރު މީހުންނެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތް ކުރި 19 ފަތުރުވެރިއްގެ ގައިންވެސް މި ވޭރިއަންޓު ވަނީ ފެނިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނީ "އޮމިކްރޯން" ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު