ފިނޭންސް މިނިސްޓްރީއާއި ޕެންޝަން އޮފީހުން ނޫސްވެރިންނަށް މައުލޫމާތު ދެނީ
ފިނޭންސް މިނިސްޓްރީއާއި ޕެންޝަން އޮފީހުން ނޫސްވެރިންނަށް މައުލޫމާތު ދެނީ
އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން 84 ކަނބަލަކަށް 14.3 މިލިއަން ރުފިޔާގެ ލޯނު އެހީ ފޯރުކޮށްދީފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖް މެދުވެރިކޮށް އެކި އެކި ބޭންކުތަކަށް ދޫކޮށްފައިވާ ލޯނުތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން 84 ކަނބަލަކަށް 14.3 މިލިއަން ރުފިޔާގެ ލޯނު އެހީ ފޯރުކޮށްދީފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިކޮނޮމިކް ރިލީފް ޕެކޭޖުން މިހާތަނަށް 125 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ. މިއީ ޖުމްލަ އަދަދުން ބަލާނަމަ 145.7 މިލިއަން ރުފިޔާ އަދި 2.5 މިލިއަން ޑޮލަރެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ރިލީފް ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް އަދި ސެލްފް އެންޕްލޯއިޑް ފަރާތްތަކަށް ވެސް ލޯނު އެހީ ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 640 ފަރާތަކަށް ވަނީ ލޯނު ދޫކުރުމުގެ އެޕްރޫވަލް ދީފައެވެ. އަދި މީގެތެރެއިން 241 ފަރާތަކަށް 22.3 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 193 ވިޔަފާރިއާއި ސެލްފް އެންޕްލޯއިޑް 48 ފަރާތްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އިކޮނޮމިކް ރިލީފް ފަންޑަކީ ކޯވިޑް19 ގެ މިދަނޑިވަޅުގައި އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކާއި ބޮޑެތި ވިޔަފާރިތައް އިނދަނުޖެހި ކުރިއަށްދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ ޙާއްސަ ޕެކޭޖެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން