އިންޑީއާގެގެ މަގެއްގެ މަތި
އިންޑީއާގެގެ މަގެއްގެ މަތި
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި އިތުރު 6654 މީހުން ކޯވިޑް- 19 އަށް ފައްސިވެފައިވާ ކަމަށް އިންޑިޔާގެ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްވެފެއަރ އިން ބުނެފިއެވެ. މިއީ އިންޑިޔާގައި އެއްދުވަހުގެ ތެރޭގައި އެންމެ ގިނަބަޔަކު ބަލީގެ ޝިކާރައަކަށް ވީ ދުވަސްކަމުގައިވެސް ވެއެވެ.

މިއާއެކު އިންޑިޔާ ގައި ކޯވިޑް- 19 ޖެހިފައިވާ މީހުންގެ އަދަދު 125،101 އަށް ވަނީ އަރައިފައެވެ. އެގައުމުގައި މި ބަލީގައި 3720 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

މީގެތެރެއިން އިންޑިޔާގައި އެންމެ ގިނަބަޔަކު ކޯވިޑް- 19 ޖެހިފައިވަނީ މަހާރަޝްތުރާ ސްޓޭޓްގައެވެ. އެ ސްޓޭޓްގައި 44،582 މީހުންނަށް ކޮވިޑް- 19 ޖެހި، 1517 މީހަކު މަރުވެފައި ވެއެވެ.

މިދިޔަ 24 ގަޑި އިރުތެރޭގައި އިންޑިއާގައި ބަލީހެ ހާލަތަށް އެގޯސްވެފައި މިވަނީ، މިފެށޭ ހަފުތާގައި އެތެރޭގެ ދަތުރު ފަތުރު ފެށުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން