މައިނާ ހޮޓެކްސް ގްރޫޕުން ރާއްޖޭގައި ހިންގާ އަނަންތަރާ ވެލި ރިސޯޓް
މައިނާ ހޮޓެކްސް ގްރޫޕުން ރާއްޖޭގައި ހިންގާ އަނަންތަރާ ވެލި ރިސޯޓް
އަނަންތަރާ ބްރޭންޑުގެ ރިސޯޓްތައް ހިންގާ ތައިލެންޑުގެ ކުންފުނި، މައިނާ ހޮޓެލްސް ގުރޫޕުން ރާއްޖެއަށް ޕީސީއާރު މެޝިނެއް ހަދިޔާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އެކުންފުނިން ޕީސީއާރު މެޝިނަކާއި 378 ލީޓަރުގެ ހޭންޑް ސެނިޓައިޒާ ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މިތަކެއްޗަކީ ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށް ފޯރުކޮށްދިން އެހީތެރިކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދުނިޔޭގެ 56 ގައުމެއްގައި 530 އަށްވުރެ ގިނަ ހޮޓެލް، ރިސޯޓްސް ހިންގަމުން އަންނަ މައިނާ ހޮޓެލް ގްރޫޕްގެ ފަރާތުން ރާއްޖޭގައި ފަސް ރިސޯޓެއް ހިންގައެވެ. އޭގެ ތެރެއިން ތިން ރިސޯޓަކީ އަނަންތަރާ ބްރޭންޑްގެ ދަށުން ހިންގާ ރިސޯޓްތަކެެވެ. އެއީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް، އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓް އަދި އަނަންތަރާ ކިހަވަށް މޯލްޑިވްސް ވިލާސް އެވެ.

އޭގެ އިތުރުން ނަލަދު ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އަދި ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އަކީ ވެސް މައިނާ ހޮޓެލް ގުރޫޕުން ރާއްޖޭގައި ހިންގާ ދެ ރިސޯޓެވެ.

މައިނާ ހޮޓެލް ގްރޫޕުން ޕީސީއާރް މެޝިނެއް ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު، ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓް ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ހިއްސާދާރުން ކަމަށްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްގެ ފަރާތުން ރާއްޖެއަށް ވަނީ 10،000 ޓެސްޓު ކިޓާއި ފަސް ވެންޓިލޭޓަރާއި 500 ޕީޕީއީ ކިޓާއި 200 ރެސްޕިރޭޓާ އަދި އެއްލައްކަ ފޭސް މާސްކު ހަދިޔާކޮށްފައެވެ. އެ ރިސޯޓުން ވަނީ ބައެއް ރަށްތަކަށް ވެސް އެހީވެފައެވެ.

އޭގެ އިތުރުން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު، އޮންގް ބެންގް ސެންގްގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖެ އަށް ވަނީ 15 ވެންޓިލޭޓަރާއި 150،000 މާސްކު ހަދިޔާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން