ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް ތާޢީދު ކުރަށްވާކަން ހާމަކުރަށްވައިފިއެވެ.
މިނިސްޓަރ އަޙްމަދު ޒާހިރު ގެންދަވަނީ އެމަނިކުފާނުގެ އުފަންރަށް ށ. މަރޮށީގައި އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ތާޢީދު ހޯއްދެވުމުގެ މަސައްކަތް ކުރަށްވަމުންނެވެ. އަދި މިއަދު މަރޮށީގައި އޮތް ރާޝިދުގެ ކެމްޕޭން ޖަލްސާގައިވެސް މިނިސްޓަރ ވަނީ އޭނާ ތާޢީދު ކުރަށްވަނީ ރާޝިދަށް ކަމަށް ވިދާޅުވެފައެވެ.
ރާޝިދުގެ ކެމްޕޭނުގައި މިނިސްޓަރ އަޙްމަދު ޒާހިރު ޙަރަކާތްތެރިވަމުން ގެންދަވާއިރު މި އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާޢީދު ކުރަން މިހާތަނަށް ނިންމާފައިނުވާ ކަމަށް ޢަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އެޕާޓީން ބުނެފައިވަނީ އިންތިޚާބުގައި ތާޢީދު ކުރާނެ ކެނޑިޑޭޓެއް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
އަންނަމަހުގެ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ނާއިބު ރައީސް ފައިސަލް ނަސީމް އެ ދާއިރާއަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޒާހިރު ބައިވެރިވެވަޑައިގަންނަވާއިރު މިދަތުރުފުޅުގެ ތެރެއިން މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް ނާއިބު ރައީސް ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރައީސް ސާލިހު ވަނީ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގެންފައެވެ. އަދި ބުދަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް އެ ދާއިރާއަށް ވަޑައިގެންނެވިއެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ސަރުކާރުގެ ވެރިން އެ ދާއިރާއަށް ވަޑައިގަންނަވާއިރު، އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މިދިޔަ ދެ ދުވަހު އެ ދާއިރާގައި ކެމްޕެއިންގައި ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަމަހުގެ 5 ވަނަ ދުވަހު އޮންނައިރު އެ އިންތިހާބުގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު