ސިސްޓަމަށް ދިމާވި މައްސަލަ ޙައްލުކޮށް ވެކްސިން ސެންޓަރުގެ ސްޓާފުން މިރޭ އިތުރުކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ކޯވިޑުން ރައްކާތެރިވުމަށްޓަކައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހަން މިއަދު ވަނީ ފަށާފައެވެ. ނަމަވެސް ވެކްސިން ސެންޓަރުގެ އިންތިޒާމްތަކާމެދު ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ވެކްސިން ސެންޓަރުގައި ޚިދުމަތް ފޯރުކޮށް ދިނުމަށް ކުޑަ ލަސްކަމެއް ކުރިމަތިވީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޙައްލުކޮށް ބޫސްޓަރ ވެކްސިން ސެންޓަރުގެ ސްޓާފުން މިރޭ އިތުރުކުރާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެއްދި ނަމަވެސް ކިއޫގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން އެކަމުގެ ނުރުހުން ގިނަބަޔަކު މިއަދު ފާޅުކޮށްފައިވެއެވެ.
ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަރުބާރުގެއިންނެވެ. މިހާރުވެސް އޮންނަގޮތަށް ވެކްސިން ޖަހައިދެނީ އެޕޮެއިންޓްމަންޓް ހައްދައިގެންނެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ނިސްބަތްވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު