ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މުޖުތަމަޢުގެ ޙައްޤުގައި ޕީޕީއެމްގެ މެންބަރުން ވޯޓުދޭނަމަ އެވޯޓު ދޭންވާނީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށްކަމަށް މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ އެމްޑީ އަލްއުސްތާޛު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިމޭރުމުން ވިދާޅުވެފައިމިވަނީ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ފަތުޙީއަށް ތާޢީދު ހޯއްދެވުމަށް ބޭއްވި ޖަލްސާގައި މި އިންތިޚާބުގައި ވޯޓުދޭންވީ މުޖުތަމަޢުގެ ޙައްޤުގައި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވަމުން މޫކޭ ވިދާޅުވީ، ވޯޓަކީ މުޅިމުޖުތަމަޢުގެ ޙައްޤެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ބަސްފުޅުގެ އެމިންވަރަށް ބަލައިގެން ޕީޕީއެމްގެ މެންބަރުން ވޯޓުދޭނަމަ އެވޯޓު ދޭންވީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށްކަމަށް މޫކޭ ވިދާޅުވިއެވެ.
"އެއީ މުޖުތަމަޢުގެ ޙައްޤުގައި ކަމެއް ކޮށްދެވޭނީ، އިޚްލާސްތެރިކަމާއެކު ބަހެއް ބުނެވޭނީ އަދި އިޚްލާސްތެރިކަމާއެކު ވަކާލާތުކޮށްދެވޭނީވެސް ރާޑޯއަށް." މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓް ހޮވުނު ނަމަވެސް އެބޭފުޅާ ކުރަށްވަން އޮންނާނެހާވެސް ކަމަކީ ރައީސް ޔާމީން އައު ޙުކުމެއްގައި ޖަލަށް ދިއުމުން މިނިވަން ކުރާށޭ ގޮވުން ކަމަށެވެ. އަދި އެނޫން ކަމެއް ނޯންނާނެ ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.
މިއަންނަ ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި 3 ޕާޓީއަކުން ވާދަކުރެއެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދާއި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު