ސެޓެލައިޓް ނިޒާމުން ރަށުގައި ތިބެގެން ދަރިންނަށް ކިޔަވައިދިނުމުގެ ފުރުޞަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ފުރަތަމަ ޓާރމްގެ ބަންދަށް ލިބުނު 21 ދުވަހަށް ފަހު ސްކޫލްތަކުގެ ދެ ވަނަ ޓާމްގެ ކިޔެވުން މިއަދު ހެނދުނު 6:45 ގައި ފަށާފައިވާއިރު މާލޭގައި ވ. ތިނަދޫ އާއި ބ. ފެހެންދޫގައި ސަރުކާރުން ޤާއިމުކުރި ސެޓެލައިޓް ސްކޫލްތަކުގެ ކިޔެވުންވެސް މިއަދު ވަނީ ފަށާފައެވެ. ސެޓެލައިޓް ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިއަށް ގެންދާނީ ދަރިވަރުންނާއި މުދައްރިސުން ޙާޟިރުވެތިބެ ވީޑިއޯ މެދުވެރިކޮށް ހުރަވީ ސްކޫލާއި ގުޅުވާލައިގެންނެވެ.
އެކަމާ ގުޅިގެން ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ސެޓެލައިޓް ނިޒާމުން ކިޔަވައިދޭ ރަށްރަށުގެ ބެލެނިވެރިންނާއި ރަށުގެ ރައްޔިތުންގެ ލޮލުން ހިލިފައިހުރީ އުފާވެރިކަމުގެ ކަރުނަ ކަމަށެވެ. ސެޓެލައިޓް ނިޒާމުން އަމިއްލަ ރަށުގައި ތިބެގެން ކިޔަވައިދިނުމުގެ ފުރުޞަތުފަހިވެގެން ދިއުމަކީ މުޅިރަށުގެ އާބާދީއަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެއީ އަމިއްލަ ރަށުގައި ތިބެގެން ދަރިންނަށް ކިޔަވައިދެވޭނެކަމުގެ ޔަޤީންކަން ލިބުމުން ހިތަށް ލިބޭ ހިތްހަމަޖެހުމެވެ. އެއީ މުސްކުޅި މައިންބަފައިން އެކަނިހާލަށް ދޫކޮށްލާފަ ދަރިންނަށް ކިޔަވައިދޭން އެހެން ރަށަކަށް ހިޖުރަކުރަން ނުޖެހޭނެތީ ހިތަށް ލިބޭ އުފާވެރިކަމެވެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް ކުދި އާބާދީތަކަށް އެކަށޭނަ ތަޢުލީމު ފޯރުކޮށްދިނުމަށް ޤާއިމުކުރި ނިޒާމް ރޭވި ތަންފީޒުކުރަން ފެށުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.
ތިނަދޫ އާއި ފެހެންދޫ ސްކޫލް، ސެޓެލައިޓު ސްކޫލްތަކުގެ ގޮތުގައި ހަމަޖެއްސީ ދަރިވަރުން މަދުކަމުންނެވެ. ތިނަދޫ ސްކޫލުގައި ކިޔަވަނީ އެންމެ ހަ ދަރިވަރުންނެވެ. ފެހެންދޫ ސްކޫލުގައި ކިޔަވަނީ 27 ދަރިވަރުންނެވެ. އޭގެ އިތުރުން، ވ. ރަކީދޫ ސްކޫލް ވެސް ސެޓެޅައިޓް ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ސެޓެލައިޓް ސްކޫލުގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ކްލާސް ރޫމެއްގައި ވެސް މުދައްރިސުން ހާޒިރުވެ ތިބޭނެ އެވެ. ސެޓެލައިޓް ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސާނީ ސަރުކާރުންނެވެ.

އެއީ ރައީސުލް ޖުމްހޫރިއްޔާ @ibusolih ވައުދުވީ ފަދައިން ކުދި އާބާދީތަކަށް އެކަށޭނަ ތަޢުލީމު ފޯރުކޮށްދިނުމަށް ޤާއިމުކުރި ނިޒާމް ރޭވި ތަންފީޒުކުރަން ފެށުމުން ހިތަށް ލިބޭ ހިތްހަމަޖެހުމެވެ.
— Aishath Ali (@aisthly) January 16, 2022
މިނިސްޓަރ ވިދާޅުވީ ރައީސް ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް ކުދި އާބާދީތަކަށް އެކަށޭނަ ތަޢުލީމު ފޯރުކޮށްދިނުމަށް ޤާއިމުކުރި ނިޒާމް ރޭވި ތަންފީޒުކުރަން ފެށުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.
ތިނަދޫ އާއި ފެހެންދޫ ސްކޫލް، ސެޓެލައިޓު ސްކޫލްތަކުގެ ގޮތުގައި ހަމަޖެއްސީ ދަރިވަރުން މަދުކަމުންނެވެ. ތިނަދޫ ސްކޫލުގައި ކިޔަވަނީ އެންމެ ހަ ދަރިވަރުންނެވެ. ފެހެންދޫ ސްކޫލުގައި ކިޔަވަނީ 27 ދަރިވަރުންނެވެ. އޭގެ އިތުރުން، ވ. ރަކީދޫ ސްކޫލް ވެސް ސެޓެޅައިޓް ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ސެޓެލައިޓް ސްކޫލުގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ކްލާސް ރޫމެއްގައި ވެސް މުދައްރިސުން ހާޒިރުވެ ތިބޭނެ އެވެ. ސެޓެލައިޓް ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސާނީ ސަރުކާރުންނެވެ.
ކިޔުންތެރިންގެ ހިޔާލު